ސިޔާސީ ޕާޓީތަކަށް ވަންނަ މީހުންގެ މައުލުމާތު އާންމުކުރަން ފަށައިފި
އަލްފާ އަލީ
5/22/2022, 3:40:07 PM
e-msm5vviaqwkh4
ސިޔާސީ ޕާޓީތަކަށް ވަންނަ މީހުންގެ މައުލޫމާތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާންމު ކުރަން ފަށައިފިއެވެ.
އީސީން މިއަދު ބުނީ ސިޔާސީ ޕާޓީތަކަށް މެންބަރުންގެ ގޮތުގައި ދަފްތަރު ކުރަން ސިޔާސީ ޕާޓީތަކުން ހުށަހަޅާ މީހުންގެ ފޯމު ދަފްތަރު ކުރުމުގެ ކުރިން ކޮމިޝަނަށް ހުށަހަޅާފައިވާ ފޯމުތަކަކީ ސައްހަ ފޯމުތައް ކަމަށް ކަށަވަރު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
އެ ގޮތުން ކޮމިޝަނުން ކަނޑައެޅި އުސޫލުގެ ދަށުން ފޯމުގައިވާ މައުލޫމާތުގެ ތެރެއިން މީހެއްގެ ފުރިހަމަ ނަމާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފަހު ތިން އަދަދާއި ދަފްތަރުކޮށް ދިނުމަށް އެދި ހުށަހަޅާފައިވާ ޕާޓީގެ ނަން ހިމެނޭ ގޮތަށް މިއަދު ވަނީ އާންމު ކުރަން ފަށާފައި ކަމަށް ވެސް އެ ކޮމިޝަނުން ބުނެފައިވެއެވެ.
މީގެ އިތުރުން އީސީން ބުނީ ސިޔާސީ ޕާޓީތަކަށް ވަންނަ މީހުންގެ މައުލޫމާތު ޝަކުވާއަށް ވެސް ހުޅުވާލާ އާންމުކޮށް ކޮމިޝަނުގެ ވެބްސައިޓްގައި ހިމަނާފައިވާ ކަމަށެވެ. އަދި ފޯމުގައި ދަފްތަރުވުމަށް އެދި ހުށަހަޅާފައިވާ މީހުންގެ މޯބައިލް ނަންބަރަށް މެސެޖުވެސް ކޮށްފައިވާނެ ކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ.
އީސީން މިއަދު ކުރި އިއުލާނުގައި ޝާއިއު ކޮށްފައިވާ ލިސްޓުގައި ހިމެނެނީ:
ޖުމްހޫރީ ޕާޓީ (ޖޭ.ޕީ) ގެ 23 ފޯމު
މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމް.ޑީ.އޭ) ގެ 105 ފޯމު
މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމް.އެން.ޕީ) ގެ 245 ފޯމު،
އިލެކްޝަންސުން މިއަދު އާންމު ކޮށްފައިވާ ލިސްޓާ ގުޅޭގޮތުން އެއްވެސް ޝަކުވާއެއް ވާނަމަ ޝަކުވާ ހުށައަޅާ ފޯމު މެދުވެރިކޮށް 29 މޭ 2022 ވާ އާދީއްތަ ދުވަހުގެ މެންދުރު ފަހުގެ 3:00 ގެ ކުރީން އެ ކޮމިޝަނުގެ މައި އިދާރާއަށް ވަޑައިގެން ފޯމު ހުށަހެޅުމަށް ނުވަތަ ކޮމިޝަންގެ އީމެއިލް އެޑްރެސް ކަމަށްވާ، [email protected] އަށް ފޯމު ފޮނުވުމަށް އީސީން އެދިފައިވެއެވެ.