logoEN
cocacola
"ފާންތެލެ" ގިވްއަވޭގެ ނަސީބުވެރި ފަރާތް ހޯދުން މިރޭ

"ފާންތެލެ" ގިވްއަވޭގެ ނަސީބުވެރި ފަރާތް ހޯދުން މިރޭ

އައިޝަތު އިފާޝާ

logo

4/26/2023, 3:39:52 PM

# ފާންތެލެ# ސްޓޫޑިއޯ 33

Faanthele

ކޮންމެ ރަމަޟާން މަހަކަށް ޚާއްސަކޮށްގެން ގާފު އޮންލައިން އާއި ސްޓޫޑިއޯ33 ގުޅިގެން ކުރިއަށްގެންދާ "ފާންތެލެ" ޝޯވ ގެ މިއަހަރުގެ ގިވްއަވޭގެ ނަސީބުވެރި ފަރާތް ހޯދުމަށް ބާއްވާ ގުރުއަތުލުން މިރޭ އޮންނާނެެއެވެ.

ގޮސިޔާ

ސްޓޫޑިއޯ 33 ގެ މެނޭޖިންގ ޑިރެކްޓަރ ނައުފަލް ނަސީމް ވިދާޅުވީ، ނަސީބުވެރި ފަރާތް ހޯދުމަށް ބާއްވާ ގުރުއަތުލުން މިރޭ އޮންނާނެ ކަމަށާއި، މިކަމަށްޓަކައި ބާއްވާ އިވެންޓް ގާފު އޮންލައިންގެ ފޭސްބުކް ޕޭޖް "ގާފު" އިން 20:30 އިން ލައިވް ކުރާނެ ކަމަށެވެ.

މިއަހަރުގެ ގިވްއަވޭ ސްޕޮންސަރ ކޮށްފައިވަނީ ޖެނުއިން އިލެކްޓްރޯނިކްސް އިންނެވެ. މިއަހަރުގެ ބޮޑު އިނާމުގައި ޤުރުއާން ސްޕީކަރަކާއި، ސްމާޓް ފޯނަކާއި، ބްލޫޓޫތު ސްޕީކަރަކާއި، ހެޑްފޯނަކާއި ކޮމްޕިއުޓަރ މައުސްއަކާއި އަދި ޕެންޑްރައިވެއް ހިމެނެއެވެ.

ފާންތެލެ ޝޯވ ގެ އެޕިސޯޑުތަކަށް މިއަހަރު އިނާމްތައް ހުށަހަޅާފައިވަނީ ގޯސިޔާ ރެސްޓޯރަންޓާއި، ޖެނުއިން އިލެކްޓްރޯނިކްސް އަދި ޑީއެމްއެން މާރްޓް އިންއެވެ.

ފާންތެލެ ޝޯވގެ ގިވްއަވޭއަށް ޝަރުތު ފުރިހަމަވާނީ ގާފު އޮންލައިންގެ ފޭސްބުކް ޕޭޖު ލައިކުކޮށް ފޮލޯކުރުމުގެ އިތުރުން ގާފު އޮންލައިން އިން ހިއްސާކޮށްފައިވާ ގިވްއަވޭ ޕޯސްޓު ޕަބްލިކުކޮށް ފެންނަހެން "#faanthele" ހޭޝްޓެގުގައި ޝެއަރކޮށްގެންނެވެ. ގުރުއަތުލުމަށް ނަން އެންޓްރީކުރެވެނީ މަތީގައި ބުނެވުނު ކަންކަމުގެ އިތުރުން އޮރިޖިނަލް ޕޯސްޓުގެ ކޮމެންޓްގައި 5 އެކުވެރިން ޓެގްކުރުމުންނެވެ.

މި ގިވްއަވޭގެ ފުރުސަރު މިމަހުގެ 23 ވަނަ ދުވަހު ބަންދުކޮށްފައިވާއިރު، ގިވްއަވޭގެ ގުރުއަތުލުން އެންމެ ފުރަތަމަ ބޭއްވުމަށް ހަމަޖެހުނު ތާރީޚް 25 އޭޕްރިލް 2023 ވާ އަންގާރަ ދުވަހުއެވެ.

ފާންތެލެ ޝޯވ އަކީ ސްޓޫޑިއޯ33 އާއި ގާފު އޮންލައިން ގުޅިގެން ގެނެސްދޭ ސްޓްރީޓް ޝޯވ އެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ