logoEN
cocacola
އެންމެ ވޯޓެއްގެ ތަފާތަކުން، ވިލިމާލެ ދާއިރާގެ ޑަބްލިއުޑީސީ އިންތިޚާބު ޕީޕީއެމްއަށް!

އެންމެ ވޯޓެއްގެ ތަފާތަކުން، ވިލިމާލެ ދާއިރާގެ ޑަބްލިއުޑީސީ އިންތިޚާބު ޕީޕީއެމްއަށް!

އަލްފާ އަލީ

logo

5/14/2022, 6:45:24 PM

# ޕީޕީއެމް

Fathimath-Nazima-PPM

ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ހޮވުމަށް މިއަދު ބޭއްވި ބައި-އިލެކްޝަން ޕީޕީއެމްގެ ކެނޑިޑޭޓް ފާތިމަތު ނާޒިމާ ކާމިޔާބުކޮށްފިއެވެ.

ގޮސިޔާ

ހުސްވެފައިވާ ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި ވަގުތު ހަމަވިއިރު ކުރިމަތިލީ އިދިކޮޅު ޕީޕީއެމްއާއި، އެމްއެންޕީންނެވެ. ޕީޕީއެމްގެ ފަރާތުން މިއިންތިޚާބުގައި ވާދަކުރަނީ ފާތިމަތު ނާޒިމާއެވެ. އެމްއެންޕީން ވާދަކުރަނީ އާމިނަތު ޝީޒާއެވެ.

އިންތިޚާބު ކާމިޔާބުކުރެއްވި ނާޒިމާއަށް ލިބިފައިވަނީ 359 ވޯޓެވެ. އަދި އެމްއެންޕީގެ ކެނޑިޑޭޓް ޝީޒާއަށް 358 ވޯޓުވަނީ ލިބިފައެވެ.

މި އިންތިހާބުގައި އެމްޑީޕީން ވާދަކުރަން ނިންމި ނަމަވެސް އެ ޕާޓީއަށް ފުރުސަތު ގެއްލުނީ ވަގުތު ހަމަވި ފަހުން ފޯމް ހުށައެޅުމުންނެވެ.

އިލެކްޝަންސް ކޮމިޝަނުން ޢާންމުކޮށްފައިވާ މިއިންތިޚާބުގައި ވޯޓުލާ މީހުންގެ ފައިނަލް ލިސްޓުގައިވާގޮތުން މި އިންތިޚާބުގައި ވޯޓުދިނުމުގެ ޙައްޤު 2900 މީހަކަށް ވަނީ ލިބިފައެވެ. އިންތިޚާބުގައި ޖުމްލަ 6 ވޯޓު ފޮށްޓެއް ބަހައްޓާފައިވެއެވެ. މި ހުރިހާ ފޮށްޓެއްވެސް ބަހައްޓާފައިވަނީ ވިލިމާލެ މުޙްޔިއްދީން ސްކޫލުގައެވެ.

ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުކަމުގެ ގޮނޑި ހުސްވެފައިވަނީި ކުރިން އެމަގާމުގައި ހުންނެވި އެމްޑީޕީގެ އައިމިނަތު އީމާން ނިޔާވުމުންނެވެ. އީމާން ނިޔާވެފައިވަނީ މިދިޔަ ފެބްރުއަރީ މަހު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ލިބުނު އަނިޔާތަކަށް ފަރުވާ ދެމުންދަނިކޮށް އޭޑީކޭ ހޮސްޕިޓަލުގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ