logoEN
cocacola
ފަރެސްމާތޮޑާ އެއާޕޯޓްގެ އެންމެ ފަހުގެ މަސައްކަތްތަށް އާޒިމް ބައްލަވާލައްވައިފި

ފަރެސްމާތޮޑާ އެއާޕޯޓްގެ އެންމެ ފަހުގެ މަސައްކަތްތަށް އާޒިމް ބައްލަވާލައްވައިފި

އަހުމަދު ޝުރާއު

logo

5/10/2022, 3:54:43 PM

# ފަރެސްމާތޮޑާ# އެމްޓީސީސީ# ފަރެސްމާތޮޑާ އެއާޕޯޓް

mtavv

ގދ ފަރެސްމާތޮޑާގައި އެމްޓީސީސީއިން ތަރައްޤީކުރަމުން އަންނަ އެއާޕޯޓުގެ މަސައްކަތްތަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ބައްލަވާލައްވައިފި އެވެ.

ގޮސިޔާ

ހުވަދު އަތޮޅު ދެކުނުބުރިއަށް މިހާރު ކުރައްވަމުން އަންނަ ދަތުރުފުޅުގައި އާޒިމް ފަރެސްމާތޮޑާއަށް ވަޑައިގެންނެވީ މިއަދުގެ މެންދުރު ފަހުގެ ވަގުތެއްގައެވެ. އެގޮތުން ދަތުރުފުޅުގައި އާޒިމްގެ އަރިހުގައި އެމްޓީސީސީގެ އިސްވެރިންގެ ވަފުދެއް ބަައިވެރިވެވަޑައިގަންނަވައެވެ. އަދި ރީޖަނަލް އެއާޕޯޓްސްގެ ސައުތު ރީޖަނަލް ޑިރެކްޓަރ ސައުދުﷲ އަހުމަދު ވެސް ބައިވެރިވެވަޑައިގަންނަވައެވެ.

View post on Twitter

އާޒިމް ވަނީ ފަރެސްމާތޮޑާ އެއާޕޯޓްގެ މަސައްކަތް ކުރިޔަށްދާ ސައިޓަށް ވަޑައިގެން އެންމެ ފަހުގެ އަޕްޑޭޓްތަށް އޮޅުންފިލުއްވާފައެވެ. އަދި މަސައްކަތުގައި މިހާރު ދިމާވާ ގޮންޖެހުންތަށް މަސައްކަތް ކުރަމުން އަންނަ މުވައްޒަފުންގެ އަރިހުން އޮޅުންފިލުއްވާފައެވެ.

2020 ވަނަ އަހަރުގެ ނިވެމްބަރު މަހުގެ ތެރޭގައި ޑިޒައިން އެންޑް ބިލްޑު އުސޫލުން ފަރެސްމާތޮޑާ އެއާޕޯޓްގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 144.8 މިލިއަން ރުފިޔާ އަށެވެ. އެއީ 600 ދުވަސް ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

މި މަޝްރޫއުގެ ދަށުން ފަރެސްމާތޮޑާ އެއާޕޯޓްގައި 1.2 ކިލޯ މީޓަރުގެ ރަންވޭއަކާއި ޓާމިނަލް އިމާރާތެއް ހަދައި، އެއާޕޯޓަށް ބޭނުންވާ އިތުރު ވަސީލަތްތައް ގާއިމްކުރަން ވަނީ ހަވާލުކޮށްފަ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ