logoEN
cocacola
ނަހުލާ ޕީޕީއެމުން ވަކިކުރަން ނިންމައިފި

ނަހުލާ ޕީޕީއެމުން ވަކިކުރަން ނިންމައިފި

އަހުމަދު ޝުރާއު

logo

5/8/2022, 11:46:50 PM

# ޕީޕީއެމް# ނަހުލާ އަލީ

3168a47b-39f8-4364-b52a-69f3bbe5eb8a-876x710

އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްއަށް ނިސްބަތްވެވަޑައިގަންނަވާ މާލޭ ސިޓީ ކައުންސިލްގެ ވިލިމާލެ ދާއިރާގެ މެމްބަރު ނަހުލާ އަލީ ޕީޕީއެމުން ވަކިކުރަން ނިންމައިފި އެވެ.

ގޮސިޔާ

ޕީޕީއެމުން ނަހުލާ ވަކިކުރަން ނިންމީ އޭނާގެ ސުލޫކީ މައްސަލައެއް ބެލުމަށްފަހު ޕީޕީއެމްގެ ސުލޫކީ ކޮމެޓީއިންއެވެ.

އެ މައްސަލަ ބަލަން ފެށީ ވިލިމާލޭ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި-އިލެކްޝަންގައި ޕީޕީއެމްގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓަށް އެންޓި ކެމްޕެއިންކޮށް އެ އިންތިހާބުގައި އެމްއެންޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓަށް ވޯޓު ހޯދަން މަސައްކަތް ކުރަމުންދާ ކަމަށް ބުނެ އެވެ.

ނަހުލާގެ އިތުރުން އޭނާގެ މަންމަވެސް ޕާޓީއިން ވަކުކުރުމަށް މިރޭ އެޕާޓީއިން ވަނީ ނިންމާފައެވެ.

ނަހުލާގެ ސުލޫކީ މައްސަލައެއް ބަލަން ފެށީި މި މަހުގެ ހަވަނަ ދުވަހުގަ އެވެ.

ޕީޕީއެމުން ނެރުނު ބަޔާނެއްގައި ބުނީ ޕާޓީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ނަންފުޅު ބޭނުންކޮށް ދޮގު ވާހަކަތައް ދައްކައި, މެންބަރުންގެ މެދުގައި ނުތަނަވަސްކަން އުފައްދައި ފިތުނަ އުފެދޭ ވާހަކަތައް ނަހުލާ ދައްކަމުން ގެންދާ ކަމަށެވެ. އަދި އެ ކަންކަން ކުރުމުގައި ނަހުލާއާ އެކު އޭނާ އަށް ވާގިވެރިވުމުގައި އޭނާގެ މަންމަ ލީލާ އާއި އެ ޕާޓީން މިހާރު ވަކިވެފައިވާ އޭނާގެ ކޮއްކޮ މަރްޔަމް ނަފްހާ އަލީ ހިމެނޭ ކަމަށެވެ.

ނަމަވެސް ނަހުލާ ވަނީ އެ ތުހުމަތުތައް ދޮގު ކުރައްވައިފަ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ