logoEN
WAMCO TOP 1
ރޯދައަށް ސައުދީ އިން ހަދިޔާކުރި ކަދުރު އަންނަ ހަފްތާގައި ލިބޭނެ - މިނިސްޓަރ

ރޯދައަށް ސައުދީ އިން ހަދިޔާކުރި ކަދުރު އަންނަ ހަފްތާގައި ލިބޭނެ - މިނިސްޓަރ

އައިޝަތު އިފާޝާ

logo

5/7/2022, 7:35:00 PM

# އިސްލާމިކް މިނިސްޓަރ

Islamic-Minister

ކޮންމެ އަހަރެއްގެ ރޯދަމަހާއި ދިމާކޮށް ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ހަދިޔާކުރާ ކަދުރު އަންނަ ހަފްތާގައި ލިބޭނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ އަހުމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

THE TRAVELLER AD

މިނިސްޓަރ މިހެން ވިދާޅުވެފައިވަނީ، އޮންލައިން ނޫސް ރާއްޖެ އެމްވީ އަށް ދެއްވި އިންޓަވިއުއެއްގައެވެ. އެގޮތުން މިނިސްޓަރ ވިދާޅުވީ، މިހާރު 25 ޓަނު ކަދުރު ރާއްޖެ ގެނެސްފައިވާ ކަމަށާއި، އަންނަ ހޮނިހިރު ދުވަހު އަނެއް 25 ޓަނުގެ ކަދުރު ލިބޭނެ ކަމަށެވެ. އަދި ދިވެހިރާއްޖޭގައި ހުންނަ ސައުދީ އެމްބަސީއިން އެކަދުރު ރަސްމީކޮށް މިނިސްޓްރީއާއި ހަވާލުކުރާނީ މިފެށޭ ހަފްތާގައި ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ، ކަނދުރު ހަވާލުކުރުމުގެ ކަންތައް ރަސްމީކޮށް ކުރިއަށް ގެންދިއުމަށް ސައުދީ އެމްބަސީއިން ބޭނުންވާ ކަމަށާއި، މިނިސްޓްރީއާއި ކަދުރު ހަވާލުކުރުމަށްފަހު ކަދުރު ރައްޔިތުންނަށް ބެހުމުގެ ކަންތައް ކުރިއަށްގެންދާނެ ކަމަށެވެ.

އަދި ހުރިހާ ގެއަކަށް ކަދުރު ނުބެހުނު ނަމަވެސް، ކަދުރު ބަހަން ނިންމާފައިވަނީ ބޭނުންޖެހިފައިވާ ގޭބިސީތައް ކަނޑައެޅުމަށްފަހު، ހިސާބުކޮށް އެގޭބިސީތަކަށް އިސްކަންދީގެން ކަމަށްވެސް ރާއްޖެ އެމްވީއަށް ދިން އިންޓަވިއުގައި މިނިސްޓަރ ވިދާޅުވެފައިވެއެވެ.

ކޮމެންޓް
ފަހުގެ
HDC