logoEN
WAMCO TOP 1
ރައީސް މުޢިއްޒުގެ މަންދޫބުގެ  ގޮތުގައި  ޑރ. ޝަހީމް ގަމްބިއާ އަށް!

ރައީސް މުޢިއްޒުގެ މަންދޫބުގެ ގޮތުގައި ޑރ. ޝަހީމް ގަމްބިއާ އަށް!

އަހުމަދު ޝުރާއު

logo

5/2/2024, 5:17:07 PM

# އިސްލާމިކް މިނިސްޓަރ

ޑރ ޝަހީމް

ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ މަންދޫބުގެ ގޮތުގައި ރާއްޖޭގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް ގަމްބިއާ އަށް ފުރާވަޑައިގެންފި އެވެ.

THE TRAVELLER AD

އިސްލާމިކް މިނިސްޓްރީއިން ބުނީ މިނިސްޓަރ ގަމްބިއާއަށް ފުރާވަޑައިގެންނެވީ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ)ގެ 15 ވަނަ އިސްލާމިކް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައެޅުއްވި ޚާއްސަ މަންދޫބެއްގެ ގޮތުގައި ކަމަށެވެ.

View post on Twitter

މި ސަމިޓް އޮންނާނީ މިމަހުގެ 4 ވަނަ ދުވަހުން ފެށިގެން 5 ވަނަ ދުވަހުގެ ނިޔަލަށް ގެމްބިއާގެ ބަންޖުލްގައި އެވެ.

ޝަހީމް ގަމްބިއާއަށް ފުރާވަޑައިގެންފައިވަނީ ސައުދީގައި އޮތް މުސްލިމް ވޯޑް ލީގުގެ ސުޕްރީމް ކައުންސިލްގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށްފަހުއެވެ.

ކޮމެންޓް
ފަހުގެ
HDC