logoEN
PNC TOP 3
މާރާމާރީ ގިނަވެ ވަޅިޖެހުން އިތުރުވުމާއި އެކު ޔާމީންގެ ކަންބޮޑުވުން!

މާރާމާރީ ގިނަވެ ވަޅިޖެހުން އިތުރުވުމާއި އެކު ޔާމީންގެ ކަންބޮޑުވުން!

އަހުމަދު ޝުރާއު

logo

5/5/2022, 9:43:36 PM

# ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް

yameens

މާލޭ ތެރޭގައި މާރާމާރީތަށް އިތުރުވެ ތޫނު އެއްޗެހިން ހަމަލާދިނުން ގިނަ ވެފައިވާތީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

PNC MID 2

ރައީސް ޔާމީން މިރޭ ކުރެއްވި ޓުވީޓެއްގައި ވަނީ ގިނަ ދުވަސްތަކަކަށްފަހު ވަޅިޖެހުމާއި ކުށްކުރުން އާންމުވީ އެކަންކަން ހުއްޓުވަން މަސައްކަތް ނުކުރާތީ ތޯ ނޫންނަމަ އެކަމަށް ފުލުހުން ހިތްވަރު ދޭތީތޯ ސުވާލު ކުރައްވާފަ އެވެ.

View post on Twitter

ރައީސް ޔާމީން މިމޭރުމުން ޓުވީޓެއް ކުރެއްވީ މިދިޔަ އީދު ދުވަހުން ފެށިގެން މާލޭގައި މާރާމާރީތަށް ގިނެވެފައިވުމާއި ގުޅިގެންނެވެ. ރައީސް ޔާމީން ފުލުހުންނާއި ސުވާލު ކުރިމަތި ކުރެއްވި އިރު ފުލުހުން އަންނަނީ މާރާމާރީތަށް ހުއްޓުވުމަށް މާލޭ ތެރޭގައި ޚާއްސަ އޮޕަރޭޝަނެއްވެސް ކުރިޔަށް ގެންދަމުންނެވެ.

އެގޮތުން ފުލުހުން ވަނީ އީދު ދުވަހު މާލޭގައި ހިނގި މާރާމާރީތަކާއި ގުޅިގެން މިހާތަނަށް ދެމީހަކު ހައްޔަރުކޮށް 7 މީހަކު ހޯދުމަށްވެސް އިއުލާންކޮށްފައެވެ.

އަދި ރޭ ހުޅުމާލޭގައި ހިނގި ދެމާރާމާރީއަކާއި ގުޅިގެން ފަސް މީހަކު ހައްޔަރު ކޮށްފައެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC