
Raees-Yaameen
ދިވެހިރާއްޖޭގެ ކުރީގެ ރައީސް، އަދި އިދިކޮޅު ކޯލިޝަންގެ ލީޑަރު އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ޓުވިޓާ ބޭނުންކުރައްވަން ފައްޓަވައިފިއެވެ.

ރޭގެ ވަގުތެއްގައި ރައީސް ޔާމީން ޓުވިޓާ އެކައުންޓު ހުޅުއްވުމަށްފަހު އެންމެ ފުރަތަމަ ކޮށްފައިވާ ޓުވީޓުގައި ލިޔުއްވާފައިވަނީ بِسْمِ اللهِ الرَّحْمٰنِ الرَّحِيْمِ އެވެ.
އަދި އޭގެ ފަހުގައި ގައުމީ ދިދަ ޓުވިޓާގައި ހިއްސާކުރެއްވުމަށްފަހު، އެމަނިކުފާނުވަނީ، "ދިވެއްސަކަށް ވީތީ ފަޚުރުވެރިވަން" ކަމުގައި ވިދާޅުވެފައެވެ.
އެމަނިކުފާނު ޓުވިޓާ ބޭނުންފުޅުކުރައްވަން ފެއްޓެވިފަހުން މިހާތަނަށް ވަނީ 4000 އަށްވުރެ ގިނަ މީހަކު އެމަނިކުފާނަށް ފޮލޯކޮށްފައެވެ. އަދި މިހާތަނަށް އެމަނިކުފާނު އަމިއްލަފުޅަށް ފޮލޯކޮށްފައިވަނީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ އޮފިޝަލް ޓުވިޓާއެކައުންޓަށް އެކަންޏެވެ.