
ތިނަދޫ ޑަބްލިއުޑީސީ ހިޔަލަ ހޭންޑްބޯލް މުބާރާތް މިރޭ ފަށަނީ
# ގދ. ތިނަދޫ ޑަބްލިއުޑީސީ# ތިނަދޫ ޑަބްލިއުޑީސީ ހިޔަލަ ހޭންޑްބޯލް ޓޯނަމެންޓްDSC_1021
ގދ. ތިނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ތިނަދޫ ޑަބްލިއުޑީސީ) ގެ ހަތަރު ވަނަ “ހިޔަލަ ހޭންޑްބޯލް ޓޯނަމެންޓް” މިރޭ ފެށުމަށް ހަމަޖެހިއްޖެ އެވެ.

މި މުބާރާތަކީ އެ ކޮމެޓީން އިސްނަގައިގެން ގދ. ތިނަދޫ ގައި ދިރިއުޅޭ އަންހެން ކަނބަލުންގެ އިޖްތިމާޢީރޫޙް އާލާ ކުރުމާއި ދުޅަހެޔޮ ސިއްޙަތަކަށް މަގުފަހިކުރުމުގެ މަޤްސަގުގައި ކުރިޔަށް ގެންދަން ނިންމާފައިވާ މުބާރާތެކެވެ. މި މުބާރާތުގައި ޖުމްލަ 4 ޓީމަކުން ބައިވެރިވެފައިވާއިރު މި މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅުމަށް ހަމަޖެހިފައިވަނީ ތިނަދޫ އާރު އަވަށު ފުޓްސަލް ދަނޑުގައެވެ.
ހަތަރު ދުވަހުގެ މުއްދަތަކަށް ކުރިއަށް ދާ މި މުބާރާތުގައި ކޮންމެ ރެއަކު ދެ މެޗު ކުޅޭނެ އެވެ. އެގޮތުން މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ޑީއާރުސީ ޓީމާއި ފިޓް ފެމިނިން ބައަދަލުކުރާ މެޗުންނެވެ. މިރޭ ކުޅޭ ދެވަނަ މެޗުގައި ބައްދަލުކުރާނީ ވިންގްސް ޓީމާއި ކަނބާ ޓީމެވެ.
މި މުބާރާތުގެ ޕްލެޓިނަމް ޕާޓްނަރ އަކަށް ގދ. އަތޮޅު ކައުންސިލް ހަމަޖެހިފައިވާއިރު، އެސޯސިއޭޓް ޕާޓްނަރުންނަކީ ގދ. ތިނަދޫ ކައުންސިލާއި ތިނަދޫ ސްޓޭޑިއަމް އެވެ. ޕްރިންޓިންގ ޕާޓްނަރ އަކަށް ނޯވާޓެކް ހަމަޖައްސާފައިވާއިރު، އޮފިޝަލް މީޑިއާ ޕާޓްނަރ އަކީ ގާފު އޮންލައިން އެވެ.
މި މުބާރާތުގެ ޗެމްޕިއަންޓީމަށް 12000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު ރަނަރަޕް ޓީމަށް 7000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަަހަޅާފައެވެ.
ގުޅުންހުރި

ތިނަދޫ ޑަބްލިއުޑީސީން އުފެއްދި އިތުބާރާއެކު ހިޔަލަ އެކްސްޕޯ ބްރޭންޑަކަށް!

ތިނަދޫ ޑަބްލިއުޑީސީން ބޭއްވި "ހަހަރުވެތި ހަވީރު" އަށް ބޮޑު ތަރުހީބެއް!

ތިނަދޫގައި މިއަދު ބާއްވާ "ހަހަރުވެތި ހަވީރު"ގައި ސްޓޫޑިއޯ33ގެ ބިރުވެރި ހޮހަޅަ!
