logoEN
cocacola
މަސްރައްކާކުރާ ނިޒާމް ފަރެސްމާތޮޑާގައި ޤާއިމުކުރުމަށް އެދި އެރަށު ކައުންސިލުގެ ޤަރާރެއް!

މަސްރައްކާކުރާ ނިޒާމް ފަރެސްމާތޮޑާގައި ޤާއިމުކުރުމަށް އެދި އެރަށު ކައުންސިލުގެ ޤަރާރެއް!

އަހުމަދު ޝުރާއު

logo

4/30/2022, 11:10:21 PM

# ފަރެސްމާތޮޑާ

179826_3_75aa7c2e7aa9d08704b90a6008d27f5fe23584cb_medium

ދެކުނުގައި މަސްރައްކާކުރުމަށް ޤާއިމްކުރުމަށް ނިންމާފައިވާ ނިޒާމް ގދ ފަރެސްމާތޮޑާގައި ޤާއިމްކުރުމަށް ގޮވާލާ އެރަށު ކެޔޮޅުން ކުރަމުން އަންނަ މަސައްކަތަށް ފުރިހަމައަށް އެއްބާރުން ދިނުމަށް ފަރެސްމާތޮޑާ ކައުންސިލުން ނިންމައިފި އެވެ.

ގޮސިޔާ

ފަރެސްމާތޮޑާ ކައުންސިލުން ވަނީ އެރަށުގައި މަސްގަނެ ފިނިކޮށް ރައްކާކުރާނޭ ފެސިލިޓީއެއް ޤާއިމްކޮށްދިނުމަށް ގޮވާލާ މިއަދު ޤަރާރެއް ފާސްކޮށްފައެވެ. މި ޤަރާރު ފާސްކޮށްފައިވަނީ އެކައުންސިލްގެ ރައީސް ހިމެނޭހެން ފަސް މެމްބަރުންގެ ސޮއާއި އެކުގައެވެ.

މި ޤަރާރުގައި ބުނެފައިވަނީ ރާއްޖޭއަށް ބާނާ މަހުގެ %70 މަސްބާނަނީ ދެކުނުގެ މަސްވެރިންކަމަށާއި މި މަސް ރައްކާކުރުމަށް ޤާއިމްކޮށްފައިވާ ގއ ކޫއްޑޫ ސްޓޯރޭޖަކީ އެކަށީގެންވާ ކެޕޭސިޓީއަކާއި އެކު ހިނގަމުންދާ ތަނަކަށް ނުވުމުގެ ސަބަބުން އެކަމަށް ހައްލެއް ހޯދުމަށް ފަރެސްމާތޮޑާ ކެޔޮޅުން އެރަށުގައި މަސްރައްކާކުރާނެ ފެސިލިޓީއެއް ޤާއިމްކުރުމަށް ކުރަމުން އަންނަ މަސައްކަތަށް ކައުންސިލުން ފުރިހަމަ އެއްބާރުލުންދީ އަމަލީގޮތުން ބައިވެރިވާނެ ކަމުގެ ޔަޤީންކން ދޭ ކަމަށެވެ.

އަދި މީގެ އިތުރުން މަސްކިރުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ފަރެސްމާތޮޑާގައި މަސްރައްކާކުރާ ނިޒާމެއް ޤާއިމްކުރަންޖެހިފައިވާ ކަމަށް އެކައުންސިލުން ޤަބޫލުކުރާކަންވެސް ވަނީ ޤަރާރުގައި ވަނީ ބުނެފައެވެ.

މިހެން ކަމުން ފަރެސްމާތޮޑާގައި މަސްފެކްޓަރީއެއް ޤާއިމްކުރުމަށް ދެކުނުގެ 4 އަތޮޅުގެ މަސްވެރިން ކުރަމުން އަންނަ މަސައްކަތް ބަލައިގަނެ މަސްވެރިން އެދެމުންދާގޮތަށް އެކަން ކޮށްދެއްވުމަށް އެކައުންސިލުން ވަނީ ދިވެހި ސަރުކާރަށް ގޮވާލާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ