
އިންޑިއާ އައުޓް ގަރާރު ބާތިލްކުރަން ކޯޓަށް ދާނަން: އަދުރޭ
# ޕީއެންސީ# އަދުރޭ# އިދިކޮޅު ކޯލިޝަން# ޕީޕީއެމް/ޕީއެންސީ566392724
"އިންޑިއާ އައުޓް" ހަރަކާތަކީ ގައުމީ ސަލާމަތައް ނުރައްކަލެއް ކަމަށް ބުނެ މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ނެރުއްވި ޤަރާރު ބާތިލް ކުރަން ކޯޓަށް ދާނެކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ރައީސް ނެރުއްވި ގަރާރަކީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ޚިލާފަށް ނެރުއްވި ގަރާރެެއް ކަމަށާއި، އެ ގަރާރު ބާތިލްކުރަން ކޯޓަށް ހުށަހަޅާނެ ކަމަށެވެ.
ރައީސް ޞާލިޙު ސޮއިކުރައްވައި މިއަދު ގެޒެޓުކޮށްފައިވާ "އެކިއެކި ޝިއާރުތަކުގެ ދަށުން ވަކިވަކި ގައުމުތަކާ މެދު ނަފުރަތު އުފެއްދުމަށް ރާވައިގެން ހިންގާ ހަރަކާތްތައް ހުއްޓުވުން" ގަރާރުގައި ވަނީ އިންޑިއާއާ މެދު ނަފުރަތު އުފެއްދުމަށް ހިންގާ ހަރަކާތްތަކަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމުގައި، ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ބައްދަލުވުމުގައި ކަނޑައަޅާފައިވާ ކަމަށެވެ.
އަދުރޭ ވިދާޅުވީ، ގައުމަކާ ދެކޮޅަށް ބެނާއެއް ދަމާލުމުން ސަރުކާރުން ބިރުން އުޅެން ފެށުމުން ގައުމު އޮތް ހާލަތު އެނގޭނެ ކަމަށެވެ. އަދި މި ސަރުކާރު ނިމުމަކަށް ގެނައުމަަށް ރައްޔިތުން ނުކުތުމަށްވެސް އަދުރޭ ވަނީ ގޮވާލާފައެވެ.
ގުޅުންހުރި
.jpg&w=3840&q=75)
މެމްބަރު އައްބާހަށް ރައީސް ޔާމީން 3 މިލިއަން ރުފިޔާ ދިން ކަމަށް ތުހުމަތުކޮށް ފަލާހް ބުނަނީ އައްބާހަކީ "މޮޔައެއް" ކަމަށް!

ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވަނިކޮށް ޝުޖާއު މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ވަކިކޮށްފި
%20(1).webp&w=3840&q=75)
ޕީއެންސީގެ ހަރުގެ ޖަލްސާއެއް ބުދަ ދުވަހުގެ ރޭ!
