logoEN
WAMCO TOP 1
މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެ

މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެ

# ސްޓެލްކޯ# މާލެ ސިޓީ# ކަރަންޓުގެ ޚިދުމަތް

110483_3_5e32148242923faf6b6c6eee6e18fb0134b7aa1a_large

މާލެ އަދި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެ އެވެ.

THE TRAVELLER AD

މާލެ ސަރަހައްދަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ސްޓެލްކޯ ކުންފުނިން ބުނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން މިވަގުތު ވަނީ ކަރަންޓު ކެނޑިފައި ކަމަށެވެ.

އެ މައްސަލަ ހައްލުކޮށް ވީއެންމެ އަވަހަކަށް ކަރަންޓު ދިނުމުގެ މަސައްކަތްތައް ދަނީ ކުރެވެމުންދާ ކަމަށް ސްޓެލްކޯއިން ބުނެ އެވެ.

އެ ކުންފުނިން ވަނީ ކަރަންޓު ކެނޑުމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށް މާފަށް އެދިފަ އެވެ.

މާލޭ އަދި ހުޅުމާލޭ ބައެއް ސަރަހައްދުތަކުން ކުއްލިއަކަށް ކަރަންޓު ދިއުމަކީ އާންމު ކަމެކެ އެވެ. ސްޓެލްކޯއެއް ދިމާވާ އެ ފަދަ މައްސަލަތައް ހައްލު ކުރުމަށް ފަހު ކަރަންޓުގެ ހިދުމަތް ވަރަށް އަވަހަށް އަލުން ދޭން ފަށަ އެވެ.

މިހާރު މާލެ އާއި ހުޅުމާލެ އަށް ވެސް ކަރަންޓް ދެމުން ގެންދަނީ ހުޅުމާލޭގައި ހުންނަ ސްޓެލްކޯގެ އިންޖީނުގެއިންނެވެ.

ކޮމެންޓް
ފަހުގެ
HDC