logoEN
WAMCO TOP 1
މާލޭގައި ކޮވިޑް ސާމްޕަލް ނެގުން ދެން ކުރިޔަށްދާނީ ސެނެހިޔާގައި އެކަނި!

މާލޭގައި ކޮވިޑް ސާމްޕަލް ނެގުން ދެން ކުރިޔަށްދާނީ ސެނެހިޔާގައި އެކަނި!

އަހުމަދު ޝުރާއު

logo

4/5/2022, 1:30:46 AM

# ކޮވިޑް ވެކްސިން

photo_2022-01-15-16.36.33-1200x630

މާލޭގައި ކޮވިޑް-19 އަށް ޓެސްޓުކުރަން ސާމްޕަލް ނަގައިދޭނީ ހަމައެކަނި ސެނަހިޔާއިން ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

THE TRAVELLER AD

އެޗްޕީއޭއިން މިރޭ ބުނީ މާލޭ ދަރުބާރުގޭ ސަރަހައްދުގައި ހުރި ސާމަޕަލް ކަލެކްޝަން ސެންޓަރު ވެސް މިއަދުން ފެށިގެން ބަންދުކުރަން ނިންމާފައިވާ ކަމަށާއި މާލޭގައި މީގެ ފަހުން ސާމްޕަލް ނަގައިދޭނީ ހަމައެކަނި ސެނަހިޔާ ހޮސްޕިޓަލުން ކަމަށެވެ.

އެގޮތުން ސެނެހިޔާއިން ސާމްޕަލް ނެގުން ކުރިޔަށް ދާނީ ކޮންމެ ހޮނިހިރު-ބުރާސްފަތި ދުވަހާ ހަމައަށް ރޭގަނޑު 9-11 އަށެވެ.

މާލޭގެ ސެންޓަރުތަށް ބަންދުކުރި ނަމަވެސް މާލޭ ސަރަހައްދުގައި ހިމެނޭ ހުޅުމާލެއާއި ވިލިމާލޭގައި ކުރިއެކޭވެސް އެއްގޮތަށް ސާމްޕަލް ނެގުން ކުރިޔަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ. އެގޮތުން ވިލިމާލޭގައި ސާމްޕަލް ނެގުން ވިލިމާލެ ހޮސްޕިޓަލުގައި ކުރިޔަށް ދާއިރު ހުޅުމާޅޭގައި ސާމްޕަލް ނެގުން ކުރިޔަށްދާނީ ހުޅުމާލެ ހޮސްޕިޓަލުގައެވެ.

އެޗްޕީއޭއިން މި ނިންމުން ނިންމާފައިމިވަނީ މާލެއިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ބޮޑުތަނުން ދަށަށް ދިޔުމާއި އެކުގައެވެ.

ކޮމެންޓް
ފަހުގެ
HDC