logoEN
cocacola
ތިނަދޫ ފެރީ ޓާމިނަލް ޒަމާނީ ފެންވަރަށް ތަރައްގީކުރަނީ

ތިނަދޫ ފެރީ ޓާމިނަލް ޒަމާނީ ފެންވަރަށް ތަރައްގީކުރަނީ

# ގދ.ތިނަދޫ# ސައުދު އަލީ# ގދ. ތިނަދޫ ކައުންސިލް

GMG_7118

ހުވަދު އަތޮޅުގެ ރައްޔިތުންނަށް ފަސޭހަތަނެއްގެ ގޮތުގައި ގދ. ތިނަދޫގެ ފެރީ ޓާމިނަލް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

ގޮސިޔާ

ތިނަދޫ ކައުންސިލްގެ ރައީސް، ސައުދު އަލީ ވިދާޅުވ އެކި އެކި ބޭނުންތަކަށް އެރަށަށް އަންނަނަ މީހުން ބޭނުން ކުރަމުން އަންނަ އެ ރަށުގެ ފެރީ ޓާމިނަލުން އިތުރު ޚިދުމަތްތަކެއް ލިބޭ ގޮތަށް އިތުރު ވަސީލަތްތަކާއެކު އެތަން ތަރައްގީ ކުރުމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ. ސައުދު މިހެން ވިދާޅުވީ ތިނަދޫ ކައުންސިލްގެ ރައްޔިތު ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

undefined

މީގެ އިތުރުން ހޮސްޕިޓަލް ކުރިމައްޗާއި މުދާ ބޭލުމަށް ޚާއްސަކޮށްފައި އޮންނަ ބަނދަރާއި މައި ބަނދަރުގެ އެހެނިހެން ހިސާބުތަކަކީ އެތަންތަން ބޭނުން ކުރާ ފަރާތްތަކަށް އާންމު ޚިދުމަތް ލިބޭ، ފަސޭހަކަމާއެކު ބޭނުންވެވޭނެ ތަންތަން ގޮތުގައި ހެދުމަށް ކައުންސިލުން މިއަންނަނީ ވިސްނުންތަކެއް ނެރެ ރޭވުންތަކެއް ރާވަމުން. އުއްމީދަކީ މިއަހަރުތެރޭ މީގެ ތެރެއިން ބައެއް މަސައްކަތްތައް ފެށި، ނިމިގެން ދިއުން --- ތިނަދޫ ރައީސް، ސައުދު އަލީ

ތިނަދޫގެ ފެރީ ޓާމިނަލް ތަރައްގީ ކުރުމަށް އެރަށު ކައުންސިލުން ރާވަމުން އަންނަ އިރު، އެތަނަށް މިހާރުވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ތަނުގައި ހުރި ގޮނޑިތައް ބަދަލުކޮށް މިހާރު ވަނީ ބެންޗުތަކެއް ޖަހާފައެވެ.

މީގެ އިތުރުން ތިނަދޫއަށް ފަހުން އައިސްފައިވާ ބަދަލުތަކާއެކު އެރަށުގެ އެއްގަމު ތޮށީގެ ޖާގަ ބޮޑުކުރަން ޖެހިފައިވާކަން ފާހަގަކޮށް ސައުދު ވިދާޅުވީ، ބަނދަރުގެ ޖާގަ ބޮޑު ކުރުމުގެ މަޝްރޫއެއް ހިންގެންދެން ކައުންސިލްގެ އަމާޒަކީ މުޅި ބަނދަރު ހެޔޮ ގޮތުގައި ބޭނުން ކރުެވޭނެ ހަރުދަނާ އުސޫލުތަކެއް ގާއިމްކޮށް އަލުން ބަހާލުން ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ