logoEN
Sto top
ސަގާފީ ތަރިކައަށް ގެއްލުން ލިބޭ ގޮތަށް މަސައްކަތް ނުކުރުމަށް ހެރިޓޭޖް މިނިސްޓްރީން ގޮވާލައިފި

ސަގާފީ ތަރިކައަށް ގެއްލުން ލިބޭ ގޮތަށް މަސައްކަތް ނުކުރުމަށް ހެރިޓޭޖް މިނިސްޓްރީން ގޮވާލައިފި

އައިޝަތު އިފާޝާ

logo

3/31/2022, 8:02:40 PM

# ހެރިޓޭޖް މިނިސްޓްރީ# ސަގާފީ ތަރިކަ

226506_3_5a729752b4de3898b21736f330d3831419733bfc_medium

ސަގާފީ ތަރިކައަށް ގެއްލުން ލިބޭ ގޮތައް މަަސައްކަތްތައް ނުކުރުމަށް ހެރިޓޭޖް މިނިސްޓްރީން މިއަދު ގޮވާލައިފި އެވެ.

Wamco

ހެރިޓޭޖް މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ޤާނޫނު ނަންބަރު 2019/12 (ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނު)ގައި ހިމެނޭ އާސާރީ ބިނާތަކާއި، އާސާރީ ސަރަޙައްދުތަކާއި، މަޢުނަވީ ސަގާފީ ތަރިކައާއި، ހިމާޔަތްކުރެވިފައިވާ ސަރަޙައްދު ބަޔާންކޮށް، ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ގޮތުގައި ކަނޑައަޅައިފައިވާ ކަމަށެވެ.

މި ތަރިކައިގެ މައްޗަށް އޮތް ދައުލަތާއި ފަރުދުންގެ ޒިންމާއާއި، ދިވެހިރާއްޖޭގެ ސަގާފީ ތަރިކައާ ބެހޭ ދިރާސާތައް ކުރެވޭނެ ގޮތްތަކާއި، މި ތަރިކައާ މެދު އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ އިތުރުން ސަގާފީ ތަރިކައަށް ގެއްލުން ލިބޭ ފަދަ ގޮތަށް ހިންގާ އަމަލުތަކަކީ ކުށެއްގެ ގޮތުގައި ބަޔާންކޮށްފައިވާ ކަމަށާއި މި ޤާނޫނުގައި ބުނެފައިވާ ސަގާފީ ތަރިކަ ރައްކާތެރިކުރުމުގެ މަސައްކަތް ކުރުމަށް ހެރިޓޭޖް މިނިސްޓްރީ އުފައްދާފައިވާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

އެ މިނިސްޓްރީން އިތުރަށް ބުނީ، މި ޤާނޫނުގެ 35 ވަނަ މާއްދާއާއި މި ޤާނޫނާ ގުޅިގެން އާންމުކޮށްފައިވާ ގަވާއިދު ނަންބަރު 2020/R-37 (ދިވެހިރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރިކުރުމުގެ ގަވާއިދު)ގެ 56ވަނަ މާއްދާގައި ސަގާފީ ތަރިކައާ ގުޅޭ މަސައްކަތްތައް ކުރުމުގެ ކުރިން މި މަރުކަޒުގެ ހުއްދަ ހޯދުމަށް ބަޔާންކޮށްފައިވާ ކަމަށާއި އަދި މި ޤާނޫނުގެ 36ވަނަ މާއްދާގައި ތަރައްޤީގެ އެއްވެސް މަޝްރޫޢެއް ކުރިއަށް ގެންދިއުމުގެ ކުރިން ސަގާފީ ތަރިކައަށް ގެއްލުމެއްވެދާނެތޯ ވެސް ބަލަންޖެހޭ ކަމަށެވެ. އަދި މި ޤާނޫނުގެ 50 ވަނަ މާއްދާގެ (ހ)ގައިވާ ގޮތުގެ މަތިން "ދިވެހިރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރިކޮށް ދެމެހެއްޓުމަށް މަސައްކަތް ކުރުމަކީ ހަމަ ކޮންމެ ދިވެހި ރައްޔިތެއްގެ، އަދި ދިވެހިރާއްޖޭގެ ޤާނޫނުގެ ބާރު ހިނގާ ސަރަޙައްދުގައި ދިރިއުޅޭ ކޮންމެ ފަރާތެއްގެ، އަދި ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ކޮންމެ ފަރާތެއްގެ ޒިންމާއެއް" ކަމަށް ވެސް އެ މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

އެހެން ނަމަވެސް، މި ފަހަކަށް އައިސް ރަށްރަށުގައި ހުރި އާސާރީ މިސްކިތް، ވެވު، ހަވިއްތަ ފަދަ އާސާރުތަކަށް ގެއްލުން ލިބޭގޮތަށް މަސައްކަތް ކުރަމުންދާ ކަމުގެ ކަންބޮޑުވުން ބޮޑުވެފައިވާ ކަމަށް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ. އަދި، ބައެއް ކައުންސިލުތަކުން ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްގެންދާއިރު ތަރިކައަށް ކޮށްފާނެ އަސަރު ބެލުމަށް ޓަކައި ހަދާ އެސެސްމަންޓް ހެދުމެއް ނެތި އަދި ހެރިޓޭޖް މިނިސްޓްރީގެ ހުއްދައަކާ ނުލައި ކުރިއަށްގެންދާކަމަށްވެސް އެމިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

މިއަދު ނެރުނު ބަޔާނުގައި ހެރިޓޭޖް މިނިސްޓްރީން ވަނީ، އާސާރީ ތަންތަން ރައްކާތެރިކުރެވޭނެ ގޮތެއް ނުހޯދައި، އެ ތަންތަނަށް ކުރާނެ އަސަރަށް ބެލުމެއް ނެތި ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްގެންދިއުން ވެގެންދާނީ އެ ތަރިކައެއް ނިސްބަތްވާ ރަށަކާއި މުޅި ރާއްޖޭގެ އަންނާން އޮތް ޖީލުތަކަށް ލިބޭ އިއާދަނުކުރެވޭ ވަރުގެ ގެއްލުމެއް ކަމުގައި ފާހަގަކުރައްވާފައެވެ.

އެހެންކަމުން، ސަގާފީ ތަރިކައާ ގުޅޭ ތަންތަނުގައްޔާއި މިތަންތަނުގެ ކައިރީގައި ކުރައްވަވާ މަސައްކަތްތައް ޤާނޫނު ނަންބަރު 2019/12 (ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނު) އަދި މި ޤާނޫނާ ގުޅިގެން އާންމުކޮށްފައިވާ ގަވާއިދު ނަންބަރު 2020/R-37 (ދިވެހިރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރިކުރުމުގެ ގަވާއިދު)ގައިވާ ގޮތުގެ މަތިން ކުރުމަށް ހެރިޓޭޖް މިނިސްޓްރީން ވަނީ ގޮވައިލައްވާފައެވެ. އަދި މި ޤާނޫނުގެ 49ވަނަ މާއްދާގައި ބަޔާންކުރާ ލޯކަލް ކައުންސިލުތަކުގެ ޒިންމާ އެ ކައުންސިލުތަކުން އަދާކުރެއްވުމަށާއި، މި ޤާނޫނުގެ 50ވަނަ މާއްދާގައި ބަޔާންކުރާ އާންމު ފަރާތްތަކުގެ ޒިންމާ އެ ފަރާތްތަކުން އަދާކުރެއްވުމަށާއި، މި ޤާނޫނުގެ ރޫހާ އެއްގޮތަށް ޤާނޫނަށް ހުރުމަތްތެރިކޮށް ހިތުމާ އެކު އަމަލުކުރުމަށް އިލްތިމާސްކޮށް އެ މިނިސްޓްރީން ބުނެފައިވަނީ މި ޤާނޫނާއި ގަވާއިދާ އެއްގޮތަށް އަމަލުނުކުރައްވާ ފަރާތްތަކާ މެދު ޤާނޫނީ ފިޔަވަޅު އަޅަމުންދާނެ ކަމަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside