logoEN
WAMCO TOP 1
ސަގާފީ ތަރިކަތައް ނިޒާމީ ގޮތެއްގައި ރައްކާތެރިކުރުމަށް ސަރުކާރުން ބޮޑު އިސްކަމެއްދޭ - ހީނާ

ސަގާފީ ތަރިކަތައް ނިޒާމީ ގޮތެއްގައި ރައްކާތެރިކުރުމަށް ސަރުކާރުން ބޮޑު އިސްކަމެއްދޭ - ހީނާ

# ހީނާ ވަލީދު# ސަގާފީ ތަރިކަ

-

ދިވެހިރާއްޖޭގެ މާއްދީ ނޫން ސަގާފީ ތަރިކަތައް ނިޒާމީ ގޮތެއްގައި ރައްކާތެރިކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް ކަމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

THE TRAVELLER AD

މިކަން ހާމަކުރެއްވީ ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒާއި ޔުނެސްކޯ ރީޖަނަލް އޮފީސް ފޮރ ސައުތް އޭޝިއާ ގުޅިގެން މިއަދު ފެށި ދެ ދުވަހުގެ މަސައްކަތު ބައްދަލުވުން ޝަރަފުވެރިކޮށްދެއްވައި ބައިވެރިންނާ މުޚާޠަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ވަޒީރުގެ ވާހަކަފުޅުގައި، ދިވެހިރާއްޖެއަކީ މާއްދީ ނޫން ސަގާފީ ތަރިކައިގެ ގޮތުން މުއްސަނދި އަދި ތަފާތު ސިފަތަކެއް ލިބިގެންވާ ޤައުމެއްކަން ފާހަގަކުރެއްވިއެވެ. އެގޮތުން ބޮޑުބެރު ޖެހުމާއި، ދޯނިފަހަރު ބަނުމުގެ ސަގާފީ މަސައްކަތާއި، ލިޔުންތެރިކަމުގެ ފަންނުގެ އިތުރުން، ރަށްފުށުގެ މުޖުތަމައުތަކުގައި ހުރި ގަދީމީ ޢިލްމާއި ހުނަރުތައް ހިމެނޭކަމަށް ވިދާޅުވިއެވެ. "މިއީ ހަމައެކަނި އަޅުގަނޑުމެންގެ ޤައުމީ އައިޑެންޓިޓީގެ މައިގަނޑު އަސާސްތަކެއް ނޫން. މިއީ އިޖުތިމާޢީ އަދި އިޤްތިޞާދީ ގޮތުން ވެސް އަގުހުރި ރައުސްމާލެއް،" ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރުގެ ވާހަކަފުޅު އިތުރަށް ކުރިއަށްގެންދަވަމުން ވިދާޅުވީ، ސަރުކާރުގެ ޤައުމީ ތަރައްޤީގެ ޕްލޭންގެ ދަށުން މިފަދަ ތަރިކަތައް ރައްކާތެރިކުރުމަށް އިސްކަންދޭ ކަމަށެވެ. މީގެ ސަބަބުން ސަގާފީ ފަތުރުވެރިކަން ފުޅާވެ، ފަތުރުވެރިންނަށް ޙަޤީޤީ ދިވެހިވަންތަކަން އިހުސާސްކޮށްދިނުމަށް މަގުފަހިވާނެ ކަމަށާއި، ޒުވާނުންނަށް އާ ހުނަރުތަކާއި އުފެއްދުންތެރި ސިނާއަތްތަކުގެ ފުރުޞަތުތައް ފަހިވެ، މުޖުތަމަޢުގެ ބަދަހިކަން އިތުރުވެގެންދާނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

މިފަދަ ފުރުޞަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފުމަށްޓަކައި، ޤާނޫނީ އޮނިގަނޑު ވަރުގަދަކުރުމާއި، މުއައްސަސާތަކުގެ ޤާބިލުކަން އިތުރުކުރުމުގެ މުހިންމުކަން ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި ޔުނެސްކޯގެ 2003 ވަނަ އަހަރުގެ މުޢާހަދާއަކީ މިފަދަ މަސައްކަތްތަކަށް މަގުދައްކައިދޭ ބައިނަލްއަޤުވާމީ ފުރިހަމަ އޮނިގަނޑެއްކަމަށާއި، މި މުޢާހަދާގެ ސަބަބުން ތަރިކަ ދެނެގަނެ، ދަފުތަރުކޮށް، ރައްކާތެރިކުރުމަށް ބޭނުންވާ ޢަމަލީ ވަސީލަތްތައް ލިބިގެންދާނެކަމަށް ވެސް ވަޒީރު ހީނާ ވަލީދު ވިދާޅުވިއެވެ.

ކޮމެންޓް
ފަހުގެ
HDC