
ރާއްޖޭގެ ހުރިހާ ރަށެއްގައި ލައިބްރަރީ ގާއިމްކުރުމުގެ މަސައްކަތް ފަށައިފި
# ހެރިޓޭޖް މިނިސްޓްރީ# ލައިބްރަރީލައިބްރަރީ
ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ލަބްރަރީ ގާއިމްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށް ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝުކުރުﷲ ޝަކީލް ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާ "ޕީއެސްއެމް" ގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރު ޝުކުރުﷲ ޝަކީލް ވިދާޅުވީ ލައިބްރަރީތައް ތަރައްގީކުރުމަށް ސޯޝަލް ކައުންސިލް ކަރުދާސް މިހާރު ފާސްކޮށްފައިވާ ކަމަށެވެ.
ސަރުކާރުގެ މުހިންމު އަމާޒަކީ ރާއްޖޭގެ ހުރިހާ ރަށެއްގައި ދިރިއުޅޭ ރައްޔިތުންނަށްވެސް ލައިބްރަރީގެ ހިދުމަތް ފަސޭހަކަމާއެކު ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ.
"ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް އެއީ އެކަމަށް މަގުފަހިކުރުމުގެ ގޮތުން މަސައްކަތްތަކެއް ދަނީ ކުރިއަށް. ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވެސް ކޮންމެވެސް ސިފައެއްގައި ލައިބްރަރީގެ ޚިދުމަތް ލިބެން ހުރުން" ސްޓޭޓް މިނިސްޓަރު ވިދާޅުވި އެވެ.
މީގެއިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގައުމީ ކުތުބުހާނާގެ ގޮފިތައް ބިނާކުރުމުގެ މަސައްކަތްވެސް ސަރުކާރުންދަނީ ކުރަމުންނެވެ. އެގޮތުން މިހާރު އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީގައި ކުތުބުހާނާ ބިނާކުރުމުގެ އަމަލީ މަސައްކަތް ވަނީ ފަށާފަ އެވެ.
މިކަމާ ގުޅިގެން ގައުމީ ކުތުބުހާނާގެ ޑިރެކްޓާ ޖެނެރަލް ފާތިމަތް ޝިހާމް އެ ޕްރޮގްރާމްގައި ވިދާޅުވީ ސޯޝަލް ކައުންސިލްގެ ކަރުދާސް ފާސްކޮށްފައިވަނީ 100 އަށްވުރެ ގިނަ ފަރާތްތަކުގެ ލަފަޔާއި އިރުޝާދުގެ ދަށުން ކަމަށެވެ. އަދި މި މަސައްކަތުގެ ދަށުން ރާއްޖޭގެ ހުރިހާ ރަށެއްގެ ކައުންސިލްތަކުގައި ހާއްސަ ސާވޭއެއް ކުރިއަށް ގެންގޮސްފައިވާކަމަށް ޑިރެކްޓާ ޖެނެރަލް ވިދާޅުވި އެވެ.
މި މަޝްރޫއުގެ ދަށުން ހިދުމަތްތައް ފުޅާކޮށް ޑިޖިޓަލް ކުރުމުގެ ތެރެއިން މިހާރު "އޮންލައިން ޑިޖިޓަލް ރިޕޯޓް ކަލެކްޝަން" ރަސްމީކޮށް އިފްތިތާހްކޮށްފި އެވެ.
ގުޅުންހުރި

ރާއްޖޭގެ ހުރިހާ ރަށެއްގައި ލައިބްރަރީ ގާއިމްކުރުމުގެ މަސައްކަތް ފަށައިފި

މާލޭގައި އިމާރާތެއް އަޅަން ކޮންނަމުން ދަނިކޮށް ބޮޑުބަޑިއެއް ފެނިއްޖެ
.webp&w=3840&q=75)
އެލަޔަންސް ފޯ ކަލްޗަރަލް ހެރިޓޭޖްގެ 2 ވަނަ ކައުންސިލް ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެ




