logoEN
cocacola
ޓޫރިޒަމް "އަޕްބީޓް ޓޯކް ޝޯ"ގެ ދެވަނަ ސީރީޒް މިރޭ ބާއްވަނީ

ޓޫރިޒަމް "އަޕްބީޓް ޓޯކް ޝޯ"ގެ ދެވަނަ ސީރީޒް މިރޭ ބާއްވަނީ

އައިޝަތު އިފާޝާ

logo

3/30/2022, 3:23:02 PM

# ދިވެހިރާއްޖެ# ފަތުރުވެރިކަން# ޓޫރިޒަމް# ޓޫރިޒަމް އަޕްބީޓް ޓޯކް ޝޯ# ޓޯކް ޝޯ

viber_image_2022-03-30_15-42-35-602

ރާއްޖޭގެ ފަތުރުވެރިކަމުގެ 50 އަހަރު ފާހަގަ ކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ޓޫރިޒަމް އާއި ޓޫރިޒަމް އިންޑަސްޓްރީ އާއި ގުޅިގެން ބާއްވާ ތަފާތު އިވެންޓް ތަކުގެ ތެރެއިން މުހިންމު އިވެންޓެއް ކަމަށްވާ ޓޫރިޒަމް އަޕްބީޓް ޓޯކް ޝޯ ސިލްސިލާ ގެ ދެވަނަ ސެޝަން މިރޭ ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފި އެވެ.

ގޮސިޔާ

މި ސިލްސިލާ ދެވަނަ ސެޝަން "ޓޫރިޒަމް އަޕްބީޓް ޓޯކް ޝޯ ވިމެން އިން ޓުއަރިޒަމް" ޙާ އްސަކުރެވިފައިވަނީ ފަތުރުވެރިކަމުގެ ސިނާއަތުގަ އި އަންހެނުންނެ ދައުރަށެވެ.

މިޝޯގެ ޕެނަލިސްޓުންގެ ގޮތުގައި ސަމަރ އައިލެންޑް ރިޒޯޓުގެ ޖެނެރަލް މެނޭޖަރ އަލްފާޟިލާ މާރިޔާ ޝަރީފް، ކްރައުން އެންޑް ޗަމްޕާ ރިޒޯޓްސްގެ މެނޭޖިންގް ޑިރެކްޓަރ އަލްފާޟިލާ ސާރާ މުޙައްމަދު، ސޮނޭވާ ނަމޫނާ އެން ޖީ އޯ ގެ އިންސްޕައަރ މެނޭޖަރ އަލްފާޟިލާ އަޒޫރާ އަޙްމަދު އަދި ނަލަދޫ ޕްރައިވެޓް އައިލެންޑް ގެ ރިޒޯޓް މެނޭޖަރ އަލްފާޟިލާ ފާތިމަތު ޝާޒްލީން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން މައުލޫމާތުދެއެވެ.

މި ޓޯކް ޝޯ އަކީ ސެކަންޑްރީ ސްކޫލްތަކާއި ކޮލެޖް ޔުނިވަރސިޓީގެ ދަރިވަރުންނާއި އާންމުންނަށް ފަތުރުވެރިކަމުގެ މަޢުލޫމާތު ދިނުމުގެ މަގްސަދުގައި ކުރިޔަށް ގެންދެވާ ޕޮރޮގްރާމެއް ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެ އެވެ. މި ޝޯގައި ފަތުރުވެރިކަމުގެ ދާއިރާގައި އެބޭފުޅުންގެ ތަޖުރިބާއާއި ފުރުސަތުތަކާއި ގޮންޖެހުންތަކާ ބެހޭގޮތުން ޕެނެލިންސްޓުން ވާހަކަ ދައްކަވާނެއެވެ. އަދި މިޝޯގެ ބައިވެރިންނަށް ޕެނަލިސްޓުންނާ ސުވާލުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މިޝޯ އަކީ ދައުވަތު ދެވިފައިވާ ހާޒިރީންގެ ކުރިމަތީގައި ވަގުތުން ކުރިޔަށްގެންދާ "ލައިވް" ޝޯއެކެވެ. މިރޭ 20:45 ގައި މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގެ އޮޑިޓޯރިއަމް ގައި ބާއްވާ މިޓޯކް ޝޯ ޓީވީ މޯލްޑިވްސް، ރާއްޖެ ޓީވީ އަދި ވީޓީވީއިން ވަގުތުން ދުރަށް ދައްކާނެކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ