
-
ނޭޝަނަލް މެންޓަލް ހެލްތް ޑިޕާރޓްމަންޓާއި ވެސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާ ދެމެދު ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވަޒީފާގެ ލާބައާއި މަންފާ ހޯދައިދިނުމަށްޓަކައި މުހިންމު ފަހުމުނާމާ (އެމްއޯޔޫ) އެއްގައި ރަސްމީކޮށް ސޮއިކޮށްފިއެވެ.

މިކަމަށްޓަކައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތުގައި ވެމްކޯގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރު މުޖުތަބާ ޖަލީލް އެވެ.
މި ފަހުމުނާމާ އެކުލަވާލުމުގެ އެންމެ މައިގަނޑު މަގްސަދަކީ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި މިހާރު ބަލަހައްޓަމުންދާ ފަރާތްތަކުގެ އިތުރުން، އެ މަރުކަޒުގައި ފަރުވާ ފުރިހަމަކޮށް އަނބުރާ މުޖުތަމަޢުއަށް ރުޖޫޢަ ކުރެވޭ ފަރާތްތަކަށް ވެމްކޯގެ ތެރެއިން އިންޓަރންޝިޕްގެ ފުރުސަތުތަކާއި ދާއިމީ ވަޒީފާގެ ފަހި ފުރުސަތުތައް ހޯދައިދީ އެފަރާތްތައް ބާރުވެރިކުރުވުމެވެ.
މި އެއްބަސްވުމުގެ ދަށުން، ނޭޝަނަލް މެންޓަލް ހެލްތް ޑިޕާރޓްމަންޓުން ކަނޑައަޅާ ޚާއްޞަ މިންގަނޑުތަކަކަށް ފެތޭ ފަރާތްތަކަށް ވެމްކޯގެ އެކި ދާއިރާތަކުން ތަމްރީނާއި މަސައްކަތުގެ އަމަލީ ތަޖުރިބާ ލިބިގެންދާނެއެވެ. މިއީ ނަފްސާނީ އަދި ޖިސްމާނީ ގޮތުން އެކި ގޮންޖެހުންތައް ކުރިމަތިވެފައިވާ ފަރާތްތަކަށް އަމިއްލަ ފައިމައްޗަށް ތެދުވެ، މުޖުތަމައުގައި އަބުރުވެރި ދިރިއުޅުމެއް އުޅުމަށް މަގުފަހިވެގެންދާނެ ވަރަށް އިންސާނީ އަދި މުހިންމު ފިޔަވަޅެކެވެ.
ގުޅުންހުރި

ނޭޝަނަލް މެންޓަލް ހެލްތް ޑިޕާރޓްމަންޓާއި ވެމްކޯއާ ދެމެދު މުހިންމު އެއްބަސްވުމެއް!

ވެމްކޯ ޑިރެކްޓަރުންގެ ބޯޑަށް އިތުރު މެމްބަރަކު އައްޔަނުކޮށްފި

ކޮންޓޭނަރެއްގެ ތެރެއަށް ވެއްޓި ހާލު ސީރިއަސްވި މުވައްޒަފުގެ ހާލު އަންނަނީ ރަނގަޅުވަމުން، ވެންޓިލޭޓަރުން މިހާރު ނަގައިފި - ވެމްކޯ




