
ކޮންޓޭނަރެއްގެ ތެރެއަށް ވެއްޓި ހާލު ސީރިއަސްވި މުވައްޒަފުގެ ހާލަތު މިދަނީ ގާތުން ބަލަމުން - ވެމްކޯ
# ވެމްކޯ-
ވެމްކޯ ވެހިކަލްތަކުން ކުނިހުސްކުރާ ރޭމްޕް މަތިން ކޮންޓޭނަރެއްގެ ތެރެއަށް ވެއްޓި އަނިޔާވެގެން ފަރުވާދެމުން އަންނަ ވެމްކޯގެ މުވައްޒަފުގެ ހާލަތު ގާތުން ބަލަމުން އަންނަ ކަމަށް އެކޯޕަރޭޝަނުން ބުނެފި އެވެ.

އާދިއްތަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ވެމްކޯގެ ކުނިހުސްކުރާ ރޭމްޕް މަތިން ކޮންޓޭނަރެއްގެ ތެރެއަށް ވެއްޓި އަނިޔާވެފައިވަނީ އެކޯޕަރޭޝަނުގައި މަސައްކަތް ކުރާ ޑްރައިވަރަކަށެވެ. މި ހާދިސާގައި ޑްރައިވަރަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ. އަދި ފަރުވާދެމުންދަނީ އަޖީއެމްއެޗްގައި ވެންޓިލޭޓަރުގެ އެހީހަގައެވެ.
މިހާދިސާއާ ގުޅިގެން ވެމްކޯގެ އޮފިޝަލަކު ގާފު އޮންލައިން އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، މިހާތަނަށް ބެލި ބެލުމުން މިހާދިސާ ހިނގާފައިވަނީ ކަނޑައެޅިފައިވާ ރައްކާތެރި ފިޔަވަޅުތަކާ ހިލާފުވުމުގެ ސަބަބުން ކަމަށެވެ. އަދި މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަހުލުވެރިކުރުވުމުގެ ގިނަ މަސައްކަތްތަކެއް އެ ކޯޕަރޭޝަނުން ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"މުވައްޒަފުންގެ ރައްކާތެރިކަމަށް އަބަދުވެސް އަޅުގަނޑުމެން އިސްކަން ދެން. ރައްކާތެރިކަން ކަށަވަރުކުރުމަށް އެކަންކަމަަށް އަހުލުވެރިކުރުވުމަށް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން" - އޮފިޝަލް
އޮފިޝަލް އިތުރަށް ވިދާޅުވީ، މި ހާދިސާގައި އަނިޔާވި މުވައްޒަފުގެ ހާލަތު އެކުންފުނިން ގާތުން ބަލަމުން އަންނަ ކަމަށެވެ.
ވެމްކޯ އިން އަބަދުވެސް މުވައްޒަފުންގެ ސަލާމަތަށް ނުހަނު ބޮޑު އިސްކަމެއްދޭއިރު، މަސައްކަތުގެ މާހައުލުގައި ދިމާވާ ކޮންމެ ކަމެއްގައިވެސް މުވައްޒަފުންގެ ހައްގުގައި މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ވެމްކޯއިން ވަނީ ދީފައެވެ.
ގުޅުންހުރި

ވެމްކޯ ޑިރެކްޓަރުންގެ ބޯޑަށް އިތުރު މެމްބަރަކު އައްޔަނުކޮށްފި

ކޮންޓޭނަރެއްގެ ތެރެއަށް ވެއްޓި ހާލު ސީރިއަސްވި މުވައްޒަފުގެ ހާލު އަންނަނީ ރަނގަޅުވަމުން، ވެންޓިލޭޓަރުން މިހާރު ނަގައިފި - ވެމްކޯ

ކޮންޓޭނަރެއްގެ ތެރެއަށް ވެއްޓި ހާލު ސީރިއަސްވި މުވައްޒަފުގެ ހާލަތު މިދަނީ ގާތުން ބަލަމުން - ވެމްކޯ




