logoEN
PNC TOP 3
ކޮންޓޭނަރެއްގެ ތެރެއަށް ވެއްޓި ހާލު ސީރިއަސްވި މުވައްޒަފުގެ ހާލު އަންނަނީ ރަނގަޅުވަމުން، ވެންޓިލޭޓަރުން މިހާރު ނަގައިފި - ވެމްކޯ

ކޮންޓޭނަރެއްގެ ތެރެއަށް ވެއްޓި ހާލު ސީރިއަސްވި މުވައްޒަފުގެ ހާލު އަންނަނީ ރަނގަޅުވަމުން، ވެންޓިލޭޓަރުން މިހާރު ނަގައިފި - ވެމްކޯ

އަހުމަދު ޝުރާއު

logo

2/26/2026, 11:20:49 AM

# ވެމްކޯ

-

ވެމްކޯ ވެހިކަލްތަކުން ކުނިހުސްކުރާ ރޭމްޕް މަތިން ކޮންޓޭނަރެއްގެ ތެރެއަށް ވެއްޓި އަނިޔާވެގެން ފަރުވާދެމުން އަންނަ ވެމްކޯގެ މުވައްޒަފުގެ ހާލު މިހާރު ރަނގަޅު ވަމުން އަންނަ ކަމަށް އެކޯޕަރޭޝަނުން ބުނެފި އެވެ.

PNC MID 2

މިދިޔަ އާދިއްތަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ވެމްކޯގެ ކުނިހުސްކުރާ ރޭމްޕް މަތިން ކޮންޓޭނަރެއްގެ ތެރެއަށް ވެއްޓި އަނިޔާވެފައިވަނީ އެކޯޕަރޭޝަނުގައި މަސައްކަތް ކުރާ ޑްރައިވަރަކަށެވެ. މި ހާދިސާގައި ޑްރައިވަރަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ.

މިހާދިސާއާ ގުޅިގެން ވެމްކޯއިން މިއަދު ބުނީ މިހާދިސާގައި އަނިޔާވި މުވައްޒަފު ރޭގެ ވަގުތެއްގައި ވެންޓިލޭޓަރުން ނަގާފައިވާ ކަމަށާއި މިވަގުތު އޭނާއަށް ފަރުވާ ދެމުން އަންނަނީ އައިޖީއެމްއެޗްގެ ސާޖިކަލް އެޗްޑީޔޫގައި ކަމަށެވެ. އަދި އޭނާގެ ހާލު މިހާރު ރަނގަޅު ވަމުން އަންނަ ކަމަށާއި މުވައްޒަފަށް ބޭނުންވާ ހުުރިހާ ކަމެއް އާއިލާއާއި ގުޅިގެން ކުންފުނިން ކުރަމުން އަންނަ ކަމަށްވެސް އެކޯޕަރޭޝަނުން ވަނީ މިއަދު ބުނެފައި އެވެ.

މީގެ އިތުރުން ވެމްކޯއިން ވަނީ ކުންފުނީގެ އެޗްއާރް އަދި ވެލްފެއާ ޑިޕާޓްމެންޓުގެ މުވައްޒަފެއް އަބަދުވެސް އާއިލާއިއެކު ހޮސްޕިޓަލުގައި 24 ގަޑިއިރު ހަރަކާތްތެރިވަމުން އަންނަކަންވެސް ހާމަކޮށްފައެވެ. އަދި މުވައްޒަފުގެ ބޭސްފަރުވާގެ ހުރިހާ ކަމެއް ހަމަޖައްސަމުންދާނީ ކުންފުނީންކަންވެސް ހާމަކޮށްފައެވެ.

އާދިއްތަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ވެމްކޯގެ ކުނިހުސްކުރާ ރޭމްޕް މަތިން ކޮންޓޭނަރެއްގެ ތެރެއަށް ވެއްޓި އަނިޔާވެފައިވަނީ އެކޯޕަރޭޝަނުގައި މަސައްކަތް ކުރާ ޑްރައިވަރަކަށެވެ. މި ހާދިސާގައި ޑްރައިވަރަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ. އަދި ފަރުވާދެމުންދަނީ އަޖީއެމްއެޗްގައި ވެންޓިލޭޓަރުގެ އެހީހަގައެވެ.

މިހާދިސާއާ ގުޅިގެން ވެމްކޯގެ އޮފިޝަލަކު ގާފު އޮންލައިން އަށް މައުލޫމާތުދެއްވަމުން މީގެ ކުރީން ވިދާޅުވީ ބެލި ބެލުމުން މިހާދިސާ ހިނގާފައިވަނީ ކަނޑައެޅިފައިވާ ރައްކާތެރި ފިޔަވަޅުތަކާ ހިލާފުވުމުގެ ސަބަބުން ކަމަށެވެ. ނަމަވެސް ތަފްސީލެއް ނުދެއްވައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC