
ރޯދައަށް ގެންނަ މުދާ އަވަހަށް ކްލިއާ ކުރަން އެމްޕީއެލްގެ އޮޕަރޭޝަނަށް ބަދަލު ގެނެސްފި
# އެމްޕީއެލް# މޯލްޑިވްސް ޕޯޓްސް ލިމިޓެޑް1484127563
ރޯދަމަހާއި ދިމާކޮށް އަވަހަށް މުދާ ކްލިއަރ ކުރުމަށް އޮޕަރޭޝަންސްތަކަށް ބަދަލު ގެނެސް ފަސޭހަ އިންތިޒާމްތަކެއް އެމްޕީއެލްއިން ހަމަޖައްސައިފިއެވެ.

އެމްޕީއެލް އިން ނޫސްވެރިންނާއެކު މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ ކޮންމެ އަހަރެއްގައިވެސް އެހެން މަސްމަހާއި އަޅާ ބަލާއިރު ރޯދަމަހުގައި މުދާ އެތެރެކުރާ މިންވަރު އިތުރުކަމަށެވެ. އެގޮތުން މި ރޯދަމަހު ތަކެތީގެ އަގު ހިފެހެއްޓުމަށްޓަކައި ވީހާވެސް އަވަހަށް ބޯޓުތަކުން މުދާ ހުސްކުރުމަށް އެކުންފުނިން އަމާޒުހިފާފައިވާކަމަށް ޝާހިދު ވިދާޅުވިއެވެ.
އެމްޕީއެލްއިން ބުނީ ރޯދަމަހާއި ދިމާކޮށް މައިގަނޑު ގޮތެއްގައި އެންމެ ގިނައިން އެތެރެކުރާ މުދަލަކީ ޕެރިޝަބަލް ކާބޯތަކެތިކަމަށްވާއިރު، މިމުދާ ލޯޑްކުރުމުގައި އިތުރަށް އަވަސްވާނެ ގޮތަކަށް ރޭވިފައިވާކަމަށެވެ. އެގޮތުން މުދާ ހިފައިގެން ބޯޓު ބަނދަރުކުރާ ވަގުތު، މުދާ އަންލޯޑް ކުރުމަށް ލޮރީ ފަދަ ވެހިކަލްތައް މުދާ ހުސްކުރުމަށް ތައްޔާރަށް ބޭއްވުމުގެ އިންތިޒާމްތައްވެސް ހަމަޖެހިފައިވާކަމަށް އެމްޕީއެލްއިން ބުނެއެވެ.
އެމްޕީއެލްއިން ބުނީ ރޯދަމަހާއި ގުޅިގެން އެ ކުންފުނިން މުދާ ހުސްކުރާ ގަޑިތަކަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަމަށެވެ. އެގޮތުން ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 9:00އިން ފެށިގެން ހަވީރު 16:00ށް އަދި ރޭގަނޑު 9:00އިން ފެށިގެން ދަންވަރު 1:30 އާހަމައަށް ބޯޓް ކްލިއަރ ކުރުމުގެ މަސައްކަތް ކުރާނެކަމަށް އެކުންފުނިން ބުނެއެވެ.
ރޯދައަށް މުދާ ހިފައިގެން އައި ދެ ބޯޓަކުން މުދާ ބޭލުމުގެ މަސައްކަތް މިހާރު ވެސް ކުރަމުންދާކަމަށް އެމްޕީއެލްއިން ބުނެއެވެ. މީގެ އިތުރުން، ބަނދަރުގައި ދެބޯޓެއް އޮތް އިރު، މި ހަފްތާގެ ތެރޭ އިތުރު ދެ ބޯޓެއް އައުމަށް ހަމަޖެހިފައިވާ ކަމަށް އެމްޕީއެލުން ބުނެއެވެ.
ގުޅުންހުރި
.jpeg&w=3840&q=75)
24 ގަޑިއިރު ތެރޭ 372 ކޮންޓެއިނަރު ބަރުކޮށް، ތިލަފުށީ ބާތުން "އެމްވީ ސެލެސްޓިއާ" ފުރައިފި

ކަނޑަށް ވެއްޓުނު ކޮންޓޭނަރުތަކުގެ ތެރެއިން 2 ކޮންޓެއިނަރު ފެނިއްޖެ

ބަންދު ދުވަހަކަށް ބާޒާރަށް ބޭނުންވާ އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތީގެ ބާވަތްތައް ބޭލުމާއި ކުލިއާކުރުން ކުރިޔަށް!




