
އެމްޕީއެލް
މިދިޔަ މަހު ސީ-ޓު-އެއާ ކާގޯ މެދުވެރިކޮށް 7 ގައުމަކަށް 162 ޓަނުގެ މުދާ ގައުމުން ބޭރަށް ފޮނުވައިފި އެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޑެޓް (އެމްޕީއެލް) އިން ނެރުނު ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއީ ރާއްޖެއިން 5 އެއާލައިނެއް މެދުވެރިކޮށް ދުނިޔޭގެ 7 ގައުމަކަށް ފޮނުވާފައިވާ މުދާ އެވެ.
މުޅި ޖުމްލަ 162 ޓަނުގެ މުދާ ފޮނުވާފައިވާއިރު، އެއީ ކޮންޓެއިނަރުގެ އަދަދަށް ބަލާނަމަ 29 ޓީއީޔޫސް އެވެ.
މިދިޔަ މަހު ސީ-ޓު-އެއާ ކާގޯ މެދުވެރިކޮށް މުދާ ފޮނުވި އެއާލައިންތަކަކީ ޤަޠަރު އެއާވޭސް، އިއްތިހާދު އެއާވޭސް، ސައުދިއާ، ސްވިޒް އެއާ އަދި ޓާކިޝް އެއާލައިން އެވެ.
15 މެއި 2024 ވަނަ އަހަރު ފެށި، ސީ-ޓު-އެއަރ ކާގޯގެ މި ޚިދުމަތް ފޯރުކޮށްދެމުން އަންނަނީ އެމްއޭސީއެލްއާއި، އެމްޕީއެލް ގުޅިގެންނެވެ.
ސީ-ޓު-އެއަރ ކާގޯ ހިދުމަތަކީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުން ކުރަމުން އަންނަ އަދި މި މަސައްކަތުން އެ ގައުމުތަކުގެ އިގްތިސޯދަށް ބޮޑެތި މަންފާތަކެއް ލިބޭ މަސައްކަތެކެވެ. މީގެ އިތުރުން، ރާއްޖެއަކީ ބައިނަލްއަގްވާމީ ގިނަ އެއާލައިންތަކަކުން ދަތުރު ކުރާ ގައުމަކަށްވާއިރު، މި ހިދުމަތް ފުޅާކުރުމުގައި ރާއްޖެއަށް ފުރުސަތުތައް ގިނަކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
ގުޅުންހުރި

ސީ-ޓު- އެއާ ކާގޯ: މިދިޔަ މަހު 7 ގައުމަކަށް 162 ޓަނުގެ މުދާ ބޭރަށް ފޮނުވައިފި

މާލޭ ޕޯޓުގެ ތޮއްޖެހުން ކުޑަކުރަން ތިލަފުށީ ބަނދަރަށް ކޮންޓޭނަރު އުޅަނދެއް ބަނދަރުކުރުމުގެ ޓްރަޔަލްއެއް ކުރިޔަށް ގެންގޮސްފި

އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯއަކަށް ލައްމާން




