logoEN
WAMCO TOP 1
24 ގަޑިއިރު ތެރޭ 372 ކޮންޓެއިނަރު ބަރުކޮށް، ތިލަފުށީ ބާތުން "އެމްވީ ސެލެސްޓިއާ" ފުރައިފި

24 ގަޑިއިރު ތެރޭ 372 ކޮންޓެއިނަރު ބަރުކޮށް، ތިލަފުށީ ބާތުން "އެމްވީ ސެލެސްޓިއާ" ފުރައިފި

އަހުމަދު ޝުރާއު

logo

7/13/2026, 10:09:58 AM

# މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

-

މާލޭ ވިޔަފާރި ބަނދަރުގެ ތޮއްޖެހުން ކުޑަކުރުމަށް ކުރެވެމުންދާ މުހިންމު މަސައްކަތްތަކުގެ ތެރެއިން، އާންމު މުދާ އުފުލާ "އެމްވީ ސެލެސްޓިއާ" ބޯޓަށް ކޮންޓެއިނަރު ބާރުކުރުމުގެ އޮޕަރޭޝަން ތިލަފުށީ ބާތުގައި އިއްޔެ ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފިއެވެ.

THE TRAVELLER AD

މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން މިއަދު ބުނީ މި އޮޕަރޭޝަނުގެ ތެރެއިން 24 ގަޑިއިރަށްވުރެ ކުރު މުއްދަތެއްގެ ތެރޭގައި ޖުމްލަ 372 ޓީއީޔޫގެ ކޮންޓެއިނަރު އެ ބޯޓަށް ކާމިޔާބުކަމާއެކު ބަރުކޮށްފައިވާ ކަމަށެވެ.

އެގޮތުން މިއީ މިއީ ތިލަފުށީ ބާތުގެ ކާގޯ އޮޕަރޭޝަންތަކުގެ ހިންގުންތެރިކަމާއި އަވަސްކަން ރަމްޒުކޮށްދޭ މުހިންމު ކުރިއެރުމެއްގެ ގޮތުގައި ގައުމީ ޕޯޓްސް ކުންފުނީން ހާމަކުރެއެވެ.

2026 ވަނަ އަހަރުގެ މޭ މަހުގެ ތެރޭގައި ތިލަފުށީ ބާތުގައި ޓްރަޔަލް އޮޕަރޭޝަންތައް ފެށިފަހުން، "އެމްވީ ސެލެސްޓިއާ" އަކީ އެ ބާތުގައި ކާމިޔާބުކަމާއެކު ބަންދަރުކުރި 4 ވަނަ ބޯޓެވެ.

View post on Twitter

މާލޭ ބަނދަރަށް ދިމާވެފައިވާ ތޮއްޖެހުމަށް ދާއިމީ ލުޔެއް ހޯދައިދިނުމުގެ ގޮތުން ތިލަފުށީ ބާތު ބޭނުންކުރަން ފެށުމުން، މުދާ އުފުލާ ބޯޓުފަހަރު ބަނދަރުގައި ހޭދަކުރަންޖެހޭ މުއްދަތު ކުޑަވެ، ވިޔަފާރިވެރިންނަށް މުދާ އެތެރެކުރުމާއި ބޭރުކުރުމުގެ މަރުހަލާތައް އިތުރަށް އަވަސްވެގެންދާނެއެވެ.

ސަރުކާރުން މިހާރު އަންނަނީ އަންނަ އަހަރުގެ ނިޔަލަށް މާލޭގައި ހުންނަ ކޮމާޝަލް ޕޯޓު އެއްކޮށް ތިލަފުއްޓަށް ބަދަލުކުރުމުގެ ބިޔަ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުންނެވެ.

ކޮމެންޓް
ފަހުގެ
HDC