
ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް 2022 ގެ ޓައިޓަލް ސްޕޮންސަރ އަކީ އެސްޓީއޯ!
# ދިރާގު# ޕްރިންޓެކް# ތިނަދޫ ސްޓޭޑިއަމް# ގާފު ސްޕޯޓްސް# ގދ. ތިނަދޫ ކައުންސިލް# ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް# އެވިއަރ# ފެނަކަ ކޯޕަރޭޝަން# ހުވަދޫ ސްވިމިންގ ކްލަބް# ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް 2022# އަކުއަ ޕެރެޑައިސް# އެސްޓީއޯ ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް# އެސްޓީއޯ# ގދ. ތިނަދޫ ޑަބްލިއުޑީސީ# ގޯސިޔާ# ގދ. އަތޮޅު ކައުންސިލްFINAL copy
ގާފު މީޑިއާ ގްރޫޕުގެ ގާފު ސްޕޯޓްސްއިން އިންތިޒާމުކޮށްގެން އަންނަ މަހުގެ 10 ވަނަ ދުވަހު ފަށާ، ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް 2022ގެ ޓައިޓަލް ސްޕޮންސަރގެ ގޮތުގައި ދައުލަތުގެ ވިޔަފާރި ކުންފުނި، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އާ އެކު ސޮއިކޮށްފިއެވެ.

ގާފު މީޑިއާގެ އޮފީހުގައި ކުރިއަށްދިޔަ ރަސްމިއްޔާތެއްގައި ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް 2022ގެ ޓައިޓަލް ސްޕޮންސަރ އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއި ކުރެއްވީ އެސްޓީއޯ ތިނަދޫ ފިހާރައިގެ ސްޓޯރ ސުޕަވައިޒަރ، މުޙައްމަދު ނިޒާމް އެވެ. ގާފު މީޑިއާގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ޑިރެކްޓަރު އަދި ގާފު އޮންލައިންގެ ޗީފް އެޑިޓަރ، ފަތުހުﷲ ޔާމީން ސައީދު އެވެ.
މިއަދު ވެވުނު އެއްބަސްވުމާއެކު، ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް 2022ގެ ގަވާއިދުގެ 1 ވަނަ މާއްދާގެ ދަށުން، މުބާރާތުގެ ނަން ބަދަލުވާނެ އެވެ. އެގޮތުން މި މުބާރާތަށް ދެން ކިޔާނީ "އެސްޓީއޯ ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް 2022" އެވެ.
ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް އަކީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ލޯންޗު ކުރެވި، ގާފު މީޑިއާ ގްރޫޕްގެ "ގާފު ސްޕޯޓްސް"ގެ ދަށުން ހިންގޭ މުބާރާތެކެވެ. މި މުބާރާތަކީ ކޮންމެ އަހަރަކުވެސް ބޭއްވުމަށް ނިންމާފައިވާ މުބާރާތެކެވެ. މި މުބާރާތް ބާއްވަނީ މުޅި އަތޮޅަށް ހުޅުވާލައިގެންނެވެ.
މި މުބާރާތުގެ ޕްލެޓިނަމް ޕާޓްނަރުންނަކީ ތިނަދޫ ޑަބްލިއުޑީސީއާއި ތިނަދޫ ކައުންސިލްގެ އިތުރުން، ގދ. އަތޮޅު ކައުންސިލް އެވެ. މުބާރާތުގެ ކޯ ސްޕޮންސަރުންނަކީ ގޯސިޔާ، ފެނަކަ ކޯޕަރޭޝަން އަދި އަކުއަ ޕެރެޑައިސް އެވެ. މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖެހިފައިވާއިރު، ޕްރިންޓެކް އަކީ ޕްރިންޓިންގ ޕާޓްނަރ އެވެ. އަދި ހުވަދޫ ސްވިމިންގ ކްލަބާއި ތިނަދޫ ސްޓޭޑިއަމް އަކީ މުބާރާތުގެ އެސޯސިއޭޓް ޕާޓްނަރުންނެވެ. މުބާރާތަށް ބޭނުންވާ ފެން ފޯރުކޮށްދޭނީ އެވިއަރ އިންނެވެ. މުބާރާތް ކުރިއަށްދާއިރު ކުޅުންތެރިންނަށް ދިމާވެދާނެ ސިއްޙީ ކުއްލި ހާލަތްތަކުގައި އަވަސް ފަރުވާގެ އެހީ ދޭނީ މުބާރާތުގެ އެމެޖެންސީ ސާވިސް ޕާޓްނަރ، ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލެވެ.
ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް 2022 ކުރިއަށްދާނީ ގދ. ތިނަދޫ ކޮމިއުނިޓީ ސެންޓަރުގެ އިންޑޯ ބެޑްމިންޓަން ކޯޓުގައި، އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހުން ފެށިގެންނެވެ. ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަންގެ އެންޑޯޒްމަންޓާއެކު ކުރިއަށްދާ މި މުބާރާތުގެ މެޗުތައް ކުޅޭނީ ރޭގަނޑު 21:00 އިން ފެށިގެންނެވެ.
ގުޅުންހުރި

މެދުނުކެނޑި މުހިންމު ބޭސްތައް ލިބޭނެ ގޮތް ހެދުމަށް އިންޑިއާއިއެކު އެސްޓީއޯއިން މުހިންމު އެއްބަސްވުމެއް!

އެސްޓީއޯއަށް މިދިޔަ އަހަރު ޖުމުލަ އާމްދަނީގެ ގޮތުގައި ލިބުނީ 15.4 ބިލިއަން ރުފިޔާ!

ރާއްޖޭގެ ސިއްހީ ދާއިރާއަށް ތާރީހީ ދުވަހެއް: އެސްޓީއޯއިން ތަމްރީންކުރި ދިވެހި ރޭޑިއޯގްރާފަރުން ދަސްވެނިވިއްޖެ
