logoEN
cocacola
ފުލުހުންގެ އަހަރީ ދުވަސް ފާހަގަކުރުމަށް މާލޭގެ ބައެއް މަގުތައް ބަންދުކުރަނީ

ފުލުހުންގެ އަހަރީ ދުވަސް ފާހަގަކުރުމަށް މާލޭގެ ބައެއް މަގުތައް ބަންދުކުރަނީ

އައިޝަތު އިފާޝާ

logo

3/28/2022, 11:20:00 AM

# ފުލުހުން# މާލެ# މަގު ބަންދު

police

ފުލުހުންގެ އަހަރީދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ދިދަ ނެގުމުގެ ރަސްމިއްޔާތަށް މާލޭގެ ބައެއް މަގުތައް ބަންދުކުރުމަށް ނިންމައިފި އެވެ.

ގޮސިޔާ

ފުލުހުން މިއަދު ވިދާޅުވީ، ފުލުހުންގެ 89 ވަނަ އަހަރީ ދުވަހާ ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ ދިދަ ނެގުމުގެ ރަސްމިއްޔާތަށް ޝަހީދު ޙުސައިން އާދަމް ބިލްޑިންގ ހިމެނޭ ސަރަހައްދުގެ މަގުތައް ބަންދުކުރުމަށް ހަމޖެހިފައިވާ ކަމަށެވެ.

އެގޮތުން މިރޭ 22:30 އިން ފެށިގެން ބަންދުކުރަން ނިންމާފައިވާ ސަރަހައްދު އާންމު ޓްރެފިކަށް ބަންދުކުރުމަށްވަނީ ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

undefined

ބަންދުކުރާ މަގުތައް ފާހަގަކޮށްފައިވާ ސަރަހައްދުތަކުގައި ހުރި ޕާރކިން ޒޯންތަކުގައި ޕާރކު ކުރުން މަނާ ކުރެވި، އެ ޒޯންތައް ހުސްކުރުމަށް ހަމަޖެހިފައިވާތީ،2022 މާރިޗު 28 ވަނަ ދުވަހުގެ 16:00 ގެ ކުރިން އެ ޒޯންތަކުގައި ހުރި އުޅަނދުތައް ނަންގަވައި، ޒޯންތައް ހުސްކޮށްދެއްވުމަށް ފުލުހުން ވަނީ ދަންނަވާފައެވެ.

މިމަސައްކަތުގައި ރައްޔިތުންގެ ފަރާތުން ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވުމަށް ފުލުހުން ވަނީ އެދިވަޑައިގެންފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ