
ގދ، ވާދޫ
ގދ. ވާދޫގައި މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ދިވެއްސަކު ޝަރުތުތަކަކާ އެކު ކޯޓުން ދޫކޮށްލައިފިއެވެ.

އިއްޔެ ވާދޫގައި ހިންގި މަސްތުވާތަކެތީގެ ޚާއްސަ އޮޕަރޭޝަނެއްގައި 23 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. އެގޮތުން އޭނާ ހައްޔަރުކޮށްފައިވަނީ އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނުމާ ގުޅިގެންނެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ވާދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ވަނީ ޝަރުތުތަކަކަށް ފަހު ދޫކޮށްލާފައެވެ.
މި މައްސަލަ ފުލުހުން މިހާރު ގެންދަނީ ތަޙްގީގުކުރަމުންނެވެ.