logoEN
cocacola

އަންނަ މަހުގެ 10 ވަނަ ދުވަހު ފަށާ، ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް 2022 ގެ އެމެޖެންސީ ސަރވިސް ޕާޓްނަރ އަކަށް ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ހަމަޖައްސައިފިއެވެ.

ގޮސިޔާ

ގާފު މީޑިއާގެ އޮފީހުގައި ކުރިއަށްދިޔަ ރަސްމިއްޔާތެއްގައި ކަމާ ގުޅޭ އެއްބަސްވުމުގައި އެ ހޮސްޕިޓަލްގެ ފަރާތުން ސޮއިކުރެއްވީ، ހޮސްޕިޓަލުގެ ޑެޕިއުޓީ ސީއީއޯ، އަބްދުލް އަޒީޒް ރިފާއު އެވެ. ގާފު މީޑިއާގެ ފަރާތުން ސޮއި ކުރެއްވީ ކުންފުނީގެ ޑިރެކްޓަރ، އަދި ގާފު އޮންލައިންގެ ޗީފް އެޑިޓަރ، ފަތުހުﷲ ޔާމީން ސައީދު އެވެ.

ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް އަކީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ލޯންޗު ކުރެވި، ގާފު މީޑިއާ ގްރޫޕްގެ "ގާފު ސްޕޯޓްސް"ގެ ދަށުން ހިންގޭ މުބާރާތެކެވެ. މި މުބާރާތަކީ ކޮންމެ އަހަރަކުވެސް ބޭއްވުމަށް ނިންމާފައިވާ މުބާރާތެކެވެ. މި މުބާރާތް ބާއްވަނީ މުޅި އަތޮޅަށް ހުޅުވާލައިގެންނެވެ.

ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލާއެކު ވެވުނު އެއްބަސްވުމުގެ ދަށުން މުބާރާތުގައި ކުޅުންތެރިންނަށް ދިމާވެދާނެ ސިއްހީ މައްސަލަތަކާ ގުޅިގެން އަވަސް ފަރުވާގެ އެހީ ފޯރުކޮށްދޭނީ އެ ހޮސްޕިޓަލުގެ ޓީމަކުންނެވެ.

މި މުބާރާތުގެ ޕްލެޓިނަމް ޕާޓްނަރުނަކީ ތިނަދޫ ޑަބްލިއުޑީސީއާއި ތިނަދޫ ކައުންސިލްގެ އިތުރުން، ގދ. އަތޮޅު ކައުންސިލް އެވެ. މުބާރާތުގެ ކޯ ސްޕޮންސަރުންނަކީ ގޯސިޔާ، ފެނަކަ ކޯޕަރޭޝަން އަދި އަކުއަ ޕެރެޑައިސް އެވެ. މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖެހިފައިވާއިރު، ޕްރިންޓެކް އަކީ ޕްރިންޓިންގ ޕާޓްނަރ އެވެ. އަދި ހުވަދޫ ސްވިމިންގ ކްލަބް އަކީ މުބާރާތުގެ އެސޯސިއޭޓް ޕާޓްނަރ އެކެވެ. މުބާރާތަށް ބޭނުންވާ ފެން ފޯރުކޮށްދޭނީ އެވިއަރ އިންނެވެ.

ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް 2022 ކުރިއަށްދާނީ ގދ. ތިނަދޫ ކޮމިއުނިޓީ ސެންޓަރުގެ އިންޑޯ ބެޑްމިންޓަން ކޯޓުގައި، އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހުން ފެށިގެންނެވެ. ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަންގެ އެންޑޯޒްމަންޓާއެކު ކުރިއަށްދާ މި މުބާރާތުގެ މެޗުތައް ކުޅޭނީ ރޭގަނޑު 21:00 އިން ފެށިގެންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ