logoEN
cocacola
ފެނަކައިންވެސް ޑިސްކައުންޓް ދޭނެ, ބިލް ދައްކާފައިވާ ފަރާތްތަކަށް ދެން އަންނަ ބިލަކުން ޑިސްކައުންޓް ކުރާނެ!

ފެނަކައިންވެސް ޑިސްކައުންޓް ދޭނެ, ބިލް ދައްކާފައިވާ ފަރާތްތަކަށް ދެން އަންނަ ބިލަކުން ޑިސްކައުންޓް ކުރާނެ!

އަހުމަދު ޝުރާއު

logo

5/2/2024, 4:03:16 PM

# ފެނަކަ ކޯޕަރޭޝަން

ފެނަކަ ކޯޕަރޭޝަންގެ އެމްޑީ މުއާޒް

މިދިޔަ މަހުގެ ކަރަންޓު ބިލުތަކުން ޑިސްކައުންޓް ދޭން ރާއްޖޭގެ އެންމެ ގިނަ ރަށަށް ކަރަންޓުގެ ހިދުމަތް ދެމުން އަންނަ ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.

ގޮސިޔާ

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު މުއާޒް މިއަދު ވިދާޅުވީ ބޮޑުވެފައިވާ ކަރަންޓު ބިލަށް ލުއި ދިނުމުގެ ގޮތުން މާޗް މަހުގެ ބިލަށްވުރެ ބޮޑުނުވާނެގޮތަށް ނިމިދޔަ އޭޕްރިލް މަހުގެ ކަރަންޓް ބިލްތައް އަލުން ބިލްކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން ކަމަށެވެ.

އެގޮތުން މި ނިންމުން ނިންމާފައިވަނީ އެންމެ ފަހުން ބިލް ކުރެވުނު އެޕްރީލް މަހުގެ ބިލްތަކުގައި ރަމަޟާން މަހުން ބައެއް ހިމެނި، ކަރަންޓު ބޭނުންކުރުން އިންތިހާއަށް އިތުރުވުމުގެ ސަބަބުން ކަމަށް މުއާޒް ވިދާޅުވިއެވެ.

މުއާޒް އިތުރަށް ވިދާޅުވީ މާޗް މަހުގެ ބިލުގެ އަދަދަށްވުރެ އިތުރަށް އޭޕްރީލް މަހުގެ ބިލަށް ފައިސާ ދައްކާފައިވާ އަދަދު އިތުރުވާނަމަ އިތުރަށް ދެއްކި އަދަދު ދެން ފޮނުވޭ ބިލުން ޑިސްކައުންޓް ކުރެވޭނެ ކަމަށެވެ.

ފެނަކައިން މި ނިންމުން ނިންމި އިރު މާލެ ސަރަހައްދުގައި ކަރަންޓު ދެމުން އަންނަ ސްޓެލްކޯއިންވެސް ވަނީ މިދިޔަ މަހުގެ ބިލުން ޑިސްކައުންޓް ދިނުމަށް ނިންމާފައި އެވެ.

ރަމަޟާން މަހުގެ ފެން ބިލާއި ކަރަންޓު ބިލް އާންމު މަސްތަކުގެ ބިލްތަކަށްވުރެ ބޮޑުނުވާނެ ގޮތަށް ހަމަޖެއްސުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ ރަމަޟާން މަހުގެ ކުރިން ރާއްޖޭގައި ކަރަންޓާއި ފެނުގެ ހިދުމަތް ދެމުން އަންނަ ސަރުކާރުގެ ތިން ކުންފުނި ކަމަށްވާ ސްޓެލްކޯ, ފެނަކަ އަދި އެމްޑަބްލިއުއެސްސީއަށް އަންގަވާފައި އެވެ.

ރަމަޟާން މަހަށް ފަހު މާލޭގެ ގޭބިސީތަކަށް ފޮނުވި ކަރަންޓު ބިލްތައް ބޮޑުވުމުގެ ޝަކުވާ ބޮޑު ވެފައިވާއިރު ސްޓެލްކޯ އާއި ފެނަކައިން ބުނާގޮތުގައި ކަރަންޓު ބިލުތައް މާބޮޑަށް ބޮޑު ވެފައިވަނީ ވޭތުވެދިޔަ ދުވަސްތަކުގައި މާބޮޑަށް ހޫނު ގަދަވުމުގެ ސަބަބުން ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުކުރުމާއި ގުޅިގެންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ