
U.S. President Biden visits Poland
ޔޫކްރެއިންގައި ރަޝިޔާއިން ހިންގަމުންދާ ހަނގުރާމައިގެ ތެރެއިން ނޭޓޯގެ ދަށުގައިވާ އެއްވެސް ޤައުމަކަށް ހަމަލާދީފި ނަމަ ނަތީޖާ ރަނގަޅުނުވާނެ ކަމަށް ބުނެ ރަޝިޔާގެ ރައީސް ޕުޓިންއަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން އިންޒާރުދެއްވައިފިއެވެ.

ބައިޑެން މިމޭރުމުން ވާހަކަފުޅު ދެއްކެވީ ޔޫކްރެއިނާއި އަވަށްޓެރި ޕޮލެންޑަށް މިހާރު ކުރައްވަމުން އަންނަ ޒިޔާރަތުގައި ނޫސްވެރިންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ބައިޑެން ވިދާޅުވީ ނޭޓޯގެ ހިޔާމަތުގެ ދަށުގައި އޮތް ބިމެއްގެ އެންމެ އިންޗަކަށްވެސް ރަޝިޔާއިން އަރައިފި ނަމަ ނަތީޖާ ރަނގަޅު ނުވާނެ ކަމަށެވެ. އަދި މިހާރު ރަޝިޔާއިން ހިނގަމުންދާ ލާއިންސާނީ ޑިކޮމްރަސީއާޢި ހިލާފު އަމަލުތަކުންވެސް ރަޝިޔާއަކީ މިހާރު ސްޓްރެޓިޖިކަލީ ފެއިލްވެފައިވާ ޤައުމެއްކަން ޔަޤީންކުރެވޭ ކަމަށްވެސް ބައިޑެން ވިދާޅުވިއެވެ.
ބައިޑެން ވަނީ ނުސީދާކޮށް ޕުޓިން އަކީ ރައީސް ކަމަށް ކުފޫހަމަނުވާ މީހެއްގެ ގޮތުގައި ވެސް ސިފަކޮށްފައެވެ.
ބައިޑެންގެ މި ނޫސްކޮންފަރެންސް ކުރިޔަށް ދިޔަ ވަގުތު ރަޝިޔާއިން ވަނީ ޕޮލެންޑާއި ޔޫކްރޭން ގުޅޭ ބޯޑަރާއި މާދުރުނޫން ހިސާބެއްގައި އޮންނަ ޔޫކްރެއިން ލުވިވް އަވަށަށް ރޮކެޓް ހަމަލާތަކެއް ދޭން ފަށާފައެވެ.







