
FOxnAfjVEAMRY7J
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، އަދި އަނބިކަނބަލުން ފަޒްނާ އަޙްމަދު އައްޑޫ ސިޓީ އަށް ވަޑައިގެންފި އެވެ.

ރައީސްގެ ދެކަނބަލުން އައްޑޫއަށް ވަޑައިގަތީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. އައްޑޫ އަށް ރައީސްގެ ދެކަނބަލުން ވަޑައިގެންނެވުމުން ގަން އިންޓަނޭޝަލް އެއާޕޯޓުން މަރުހަބާ ދެންނެވީ މޭޔަރު އަލީ ނިޒާރު އާއި ކައުންސިލް މެމްބަރުންގެ އިތުރުން އައްޑޫ އަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނެވެ.
ރައީސްގެ ދެކަނބަލުންނަށް މަރުހަބާ ދެންނެވުމަށް އައްޑޫގެ ގިނަ އަދަދެއްގެ ރައްޔިތުންވެސް ވަނީ އެއާޕޯޓު ސަރަހައްދަށް ޖަމާވެފަ އެވެ.
ރައީސް އައްޑޫއަށް ވަޑައިމިގެންނެވީ ދެކުނުގެ ދެ އަތޮޅަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ފުވައްމުލައް ސިޓީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެވެ.
ރައީސް އައްޑޫ އަށް ކުރައްވާ މި ދަތުރުފުޅުގައި މިރޭ އައްޑޫ ސިޓީ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މާދަމާ އައްޑޫގައި ގާއިމުކޮށްފައިވާ ޕޮލިސް އެކެޑެމީ ހުޅުވުމާއި، އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއުގައި ސޮއިކުރުމާއި، އައްޑޫގެ މަގުތައް ހެދުމުގެ އަމަލީ މަސައްކަތް ރައީސް ފައްޓަވާދެއްވާނެ އެވެ.
މި ދަތުރުފުޅުގައި ރައީސް އައްޑުއަތޮޅު ހިތަދޫއާއި ހުޅުދޫގެ އިތުރުން މީދޫއަށް ވަޑައިގަންނަވާނެއެވެ.
މިދަތުރުފުޅުގެ ތެރެއިން ރައީސްގެ ދެކަނބަލުން އައްޑޫ ރައްޔިތުންނަށް ދެއްވާ މާހިފުމެއް މާދަމާ ރޭ ސިޓީ ސްކޮއާ ސަރަހައްދުގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
ގުޅުންހުރި

ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ޖެހިލުމެއް ނެތި މަސައްކަތް ކުރާނަން - ރައީސް ސޯލިހް

ޝާހިދު އަށް ފުރިހަމަ އިތުބާރާއި ޔަޤީންކަން އެބައޮތް - ރައީސް ސޯލިހް

މުފްތީ މެންކް ރައީސް ސޯލިހްގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި
