
ޝާހިދު އަށް ފުރިހަމަ އިތުބާރާއި ޔަޤީންކަން އެބައޮތް - ރައީސް ސޯލިހް
# ރައީސް ސޯލިހް# އަބްދުالله ޝާހިދު# އެމްޑީޕީރައީސް ސޯލިހް އާއި ޝާހިދު
އެމްޑީޕީގެ ރައީސްގެ މަގާމަމަށް މިއަދު ހޮވިވަޑައިގެންނެވި ކުރީގެ ފޮރިން މިނިސްޓަރ އަބްދުالله ޝާހިދު އަށް އެމްޑީޕީގެ ވަގުތީ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަރުހަބާ ދަންނަވައިފި އެވެ.

ރައީސް ސޯލިހް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގެ ރައީސް ކަމަށް ހޮވިވަޑައިގަތް ކުރީގެ ފޮރިން މިނިސްޓަރ ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ އަބްދުالله ޝާހިދު އަށް އިޚްލާސްތެރި މަރުހަބާއާއި މުބާރިކް ބާދީ ދަންނަވާ ކަމަށެވެ.
އަދި ރައީސްކަމުގެ މަޤާމްގައި ހުންނަވައިގެން ޤައުމާއި ރައްޔިތުންނަށް އަގުހުރި މަސައްކަތްތަކެއް އެމަނިކުފާނު ކޮށްދެވާނެކަމުގެ ފުރިހަމަ އިތުބާރާއި ޔަޤީންކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.
ރައީސް ސޯލިހުގެ ޕޯސްޓު ރީޓުވީޓު ކުރައްވައި ޝާހިދު ވިދާޅުވީ ދިވެހި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާކަމާއި، އެމްޑީޕީގެ އިސްލީޑަރުކަމާއި، ވަގުތީ ރައީސްގެ ހައިސިއްޔަތުން ރައީސް ސޯލިހު ދިވެހި ގައުމާއި ރައްޔިތުންނާއި، އެމް ޑީޕީ އަށް ކޮށްދެއްވާފައިވާ އަގުނުކުރެވޭހައި ގިނަގުނަ ތެދުވެރި އިޚްލާސްތެރި ޚިދުމަތްތަކަށް ފަށްފަށުން ޝުކުރު ދަންނަވާ ކަމަށެވެ. އަދި ހަވާލުވި މަގާމުގެ ވާޖިބުތަށް އަދާކުރުމުގައި ރައީސް ސޯލިހުގެ ލަފަޔާއި އިރުޝާދާއި އެހީތެރިކަން ލިބެމުންދާނެކަމުގެ ޔަގީންކަންދެއްވާފައިވާކަމީ އިންތިހާއަށް ހިތްހަމަޖެހުން ލިބޭ ކަމެއް ކަން ޝާހިދު ފާހަގަކުރެއްވި އެވެ.
ކުރީގެ ފޮރިން މިނިސްޓަރ އަބްދުالله ޝާހިދު އެމްޑީޕީގެ ރައީސްގެ މަގާމަށް ހޮވިވަޑައިގެންފައިވަނީ އެޕާޓީގެ ރައީސް ކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި އެމަނިކުފާނު އެކަނި ކުރިމަތިލެއްވުމުންނެވެ.
ގުޅުންހުރި
ރިޔާސީ ބަޔާން އިއްވާ ދުވަހު އިދިކޮޅުން މަޖިލީސް ދޮށަށް އެއްވަނީ

އެމްޑީޕީން ބާއްވާ "ފުދިއްޖެ, ފުނޑިއްޖެ" ހިނގާލުމުގެ ގަޑި ބަދަލުވެއްޖެ

އެމްޑީޕީގެ ހަރުގެއަށް ކަޅުތެޔޮ ޖެހި މައްސަލަ ބަލަނީ
