logoEN
cocacola

lMNDB07g68xFYxMzQE1EYmNxRVGgNWTw67lbLPQi_md

ރާއްޖޭގެ އެންމެ ދެކުނުގެ ދެ އަތޮޅު ކަމަށްވާ އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީގައި 400 ފްލެޓް އެޅުމަށް ސަރުކާރުން ނިންމައިފި އެވެ.

ގޮސިޔާ

ފިނޭންސް މިނިސްޓްރީން މިއަދު ވަނީ އައްޑޫ ސިޓީގެ ހިތަދޫ އާއި ފުވައްމުލަށް ސިޓީގައި 400 ފްލެޓް ޑިޒައިން އެންޑް ބިލްޑް އުސޫލުން އަޅާދޭނެ ބަޔަކު ހޯދުމަށް އިއުލާނުކޮށްފައެވެ. މިއީ މިސަރުކާރުން ދެކުނުގެ ދެއަތޮޅުގައި ފްލެޓް އެޅުމަށް ނިންމި ފުރަތަމަ ފަހަރެވެ.

މިގޮތުން މި މަޝްރޫއުގެ ދަށުން ހިތަދޫގައި އާއި ފުވައްމުލައް ސިޓީގަައި ކޮންމެ ރަށެއްގައިވެސް 200 ފްލެޓް އެޅުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އަދި މިމަސައްކަތް ކުރިޔަށް ގެންދިޔުމަށް ޝައުގުވެރިލައްވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ފުވައްމުލަކުގައި މަޝްރޫއު ހިންގަން ޝައުގުވެރިވާ ފަރާތްތަކުގެ ބިޑް ހުޅުވުން އޮންނާނީ 17 އޭޕްރީލްވާ އާދިއްތަ ދުވަހުގެ 11:00 ގަ އެވެ. އަދި އައްޑޫ މަޝްރޫއުގެ ބިޑް ހުޅުވުން އޮތީ އަންނަ މަހުގެ 24 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 1:00 ގަ އެވެ.

ސަރުކާރުން މިކަން އިއުލާންކޮށްފައިމިވަނީ މާދަމާ އެދެއަތޮޅަށް ރައީސް ސޯލިހް ދަތުރުފުޅެއް ފެއްޓެވުމަށް ނިންމަވާފައި ވަނިކޮށެވެ. ސަރުކާރާއި ހަވާލުވި ފަހުން ރައީސް ފުވައްމުލަކަށް ވަޑައިމިގަންނަވަނީ ފުރަތަމަ ފަހަރަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ