
215636_da0dd28b-5_
އަންހެނުންގެ ކުރަމުންދާ ހިދުމަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ސަރުކާރުން ދޭ "ރެހެންދި އެވޯޑް" ނުވަ ފަރާތަކަށް ދީފި އެވެ.

ރެހެންދި އެވޯޑް ދިނުމަށް ހާއްސަކޮށްގެން ރޭ ބޭއްވި ރަސްމިއްޔާތުގައި އެވޯޑްތައް ހަވާލުކޮށްދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހުމަދެވެ.
މި އަހަރު އެވޯޑު ލިބުނު ފަރާތްތައް
ޝިމްލާ އަހުމަދު: ހަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާ
ނަފީސާ އަލީ: އާންމު ފަރުދުންގެ ތެރެއިން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ފިރިހެނުންނާއި އަންހެނުންގެެ އެވޯޑު ހުށަހެޅޭ ކުރިމަތިލެވޭ ދާއިރާ
ޑރ.ފާތިމަތު މުފްލިހާ: ސިއްހީ ދާއިރާ
ލެފްޓިނެންޓް ފިރުޝާނާ ތައުފީގް: ސިއްހީ ދާއިރާ
އިއްޒަތް އަހުމަދު ނިޒާރު: ފަންނުވެރިކަމާއި ސަގާފަތާއި ތަރިކައިގެ ދާއިރާ
ދިމްނާ ފާކިރު: އިޖުތިމާއީ ދާއިރާ
އައިޝަތު އިބްރާހިމް: ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ދާއިރާ އިން
ފާތިމަތު ޖަބީން: އަދާކުރާ ވަޒީފާގެ ގޮތުން އޮފީހަށް ނުވަތަ ދާއިރާއަށް ކޮށްފައިވާ ހިދުމަތުގެ ދާއިރ
އެމްޕީއެލް: ވަޒީފާދޭ ފަރާތްތައް/ މުއައްސަސާތަކުގެ ދާއިރާ
ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހާ ގުޅުވައިގެން މި އެވޯޑް ދޭން ފަށާފައި ވަނީ 2014 ވަނަ އަހަރުން ފެށިގެންނެވެ.
ރެހެންދި އެވޯޑު ދެނީ އަންހެނުން ކުރާ މަސައްކަތްތަކާއި އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށް ކުރާ މަސައްކަތާއި އަންހެނުންގެ ކުރިއެރުމަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުންނެވެ.
މި އެވޯޑު ވަކި ފަރުދުންނާއި ޖަމިއްޔާތަކާއި މުއައްސަސާތަކަށް ވެސް ދެ އެވެ.