logoEN
cocacola
ގޭތެރޭގެ ޒިންމާތަކުގައި ފިރިމީހާ ހިއްސާވާނަމަ ހަމަހަމަކަމަށް ހުރި ހުރަސްތައް ނައްތާލެވޭނެ: ފަޒްނާ

ގޭތެރޭގެ ޒިންމާތަކުގައި ފިރިމީހާ ހިއްސާވާނަމަ ހަމަހަމަކަމަށް ހުރި ހުރަސްތައް ނައްތާލެވޭނެ: ފަޒްނާ

އައިޝަތު އިފާޝާ

logo

3/23/2022, 9:15:41 AM

# އަންހެނުންގެ ދުވަސް# މެޑަމް ފަޒްނާ# ރެހެންދި އެވޯޑް# ރައީސްގެ އަނބިކަނބަލުން

215563_bfe685b0-0_

ގޭތެރޭގެ ޒިންމާތަކުގައި ފިރިމީހާ ހިއްސާވާނަމަ އަންހެނުންގެ ހަމަހަމަކަމަށް ހުރި ހުރަސްތައް ނައްތާލެވޭނެކަމަށް ރައީސުލްޖުމްހުރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވިދާޅުވެއްޖެއެވެ.

ގޮސިޔާ

ރައީސުލްޖުމްހުރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު މިހެން ވިދާޅުވީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ އަންހެނުންގެ ދުވަހާއި ރެހެންދި އެވޯޑް ދިނުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަފުޅު ދައްކަވަމުންނެވެ.

ރައީސްގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވިދާޅުވީ ކޮންމެ އަހަރަކުވެސް އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ތަފާތު ޝިއާރުތައް ކަނޑައަޅާކަމަށެވެ. ނަމަވެސް އެފަދަ ޝިއާރުތަކަކީ ހަމައެކަނި ބަސްތަކެއްގެ ބަދަލުގައި، އެކަމާއި މެދު ވިސްނައި، ފިޔަވަޅު އަޅާ، ނަތީޖާ ނެރޭ ބަސްތަކަކަށް ހަދަންޖެހޭކަމަށް ރައީސުލްޖުމްހުރިއްޔާގެ އަނބިކަނބަލުން ވިދާޅުވިއެވެެ.

ރައީސްގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި ދެމެހެއްޓެނެވި ތަރައްގީއަށް އަންހެނުންގެ ދައުރުގެ މުހިއްމުކަމުގެ މައްޗަށްވެސް އަލިއަޅުއްވާލެއްވިއެވެ.

ގޭތެރޭގެ ކަންކަމުގައި ފިރިމީހާގެ ހިއްސާވެސް މުހިއްމުކަން ފާހަގަކުރައްވައި، ރައީސް ގެ އަނބިކަނބަލުން ފަޒްނާ ވިދާޅުވީ، ގޭތެރޭގެ ކަންކަމުގައި ފިރިމީހާގެ ހިއްސާ އޮންނަނަމަ ހަމަހަމަކަމަށް ހުރި ހުރަސްތައް ނައްތާލެވޭނެކަމަށެވެ.

ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ އަންހެނުންގެ ދުވަހާއި ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި ވަނީ މިއަހަރުގެ ރެހެންދި އެވޯޑް ލިބުނު ފަރާތްތަކަށް އެވޯޑް ހަވާލުކޮށްފައެވެ. ‏އޭގޮތުން 2022 ވަނަ އަހަރު ރެހެންދި އެވޯޑު ޙާޞިލުކޮށްފައިވާ ފަރާތްތަކަށް، އެވޯޑު ހަވާލުކޮށްދެއްވީ ރައީސުލްޖުމްޖޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުއެވެ. އަދި ‏2022 ވަނަ އަހަރު ރެހެންދި އެވޯޑު ޙާޞިލުކޮށްފައިވާ ފަރާތްތަކަށް، ބުރޫޗް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙުމަދުއެވެ.

މިރަސްމިއްޔާތުގައި ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވަނީ އިފްތިތާޙުކޮށްދެއްވާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ