logoEN
cocacola
4 ރަށެއްގެ ފެނާއި ނަރުދަމާ މަސައްކަތް އެމްޑަބްލިއުއެސްސީން ނިންމާލައިފި

4 ރަށެއްގެ ފެނާއި ނަރުދަމާ މަސައްކަތް އެމްޑަބްލިއުއެސްސީން ނިންމާލައިފި

އަހުމަދު ޝުރާއު

logo

3/22/2022, 9:59:28 PM

# އެމްޑަބްލިއުއެސްސީ

FODtJLMaMAU60IN

އެމްޑަބްލިއުއެސްސީން އުތުރުގެ 4 ރަށެއްގެ ފެނާއި ނަރުދަމާ މަޝްރޫގެ މަސައްކަތް ނިންމައި ކޮމިޝަން ކުރަން ފަށައިފިއެވެ.

ގޮސިޔާ

އެކުންފުނިން މިއަދު ބުނީ މަސައްކަތް ނިންމާލާފައިވަނީ ބ. ގޮއިދޫއާއި ރ. ކިނޮޅަހާއި ނ. މާޅެންދޫ އަދި ނ. ކުޑަފަރީގެ ފެނާއި ނަރުދަމާގެ މަސައްކަތް ކަމަށެވެ.

މިގޮތުން ނ.މާޅެންދޫއާއި ނ. ކުޑަފަރި އަދި ރ. ކިނޮޅަހުގެ ފެނާއި ނަރުދަމާ ނިޒާމް ކޮމިޝަންކުރުމުގެ މަސައްކަތްތައް ނިމިފައިވާ އިރު ބ. ގޮއިދޫގެ ކޮމިޝަނިންގެ މަސައްކަތްތައް ފެށުމަށް ވަނީ ތައްޔާރު ވެފައި ކަމަށްވެސް އެކުންފުނިން ބުނެއެވެ. މިރަށްތަކުގެ ކޮމިޝަންކުރުމުގެ މަސައްކަތް ކުރިޔަށް ގެންގޮސްފައި ވަނީ ޕަލޭނިން މިނިސްޓްރީ، ފެނަކަ ކޯޕަރޭޝަން އަދި އެމްޑަބްލިއުއެސްސީގެ ބޭފުޅުން އެރަށްތަކަށް ވަޑައިގެން ކަމަށާއި، އޭގެތެރެއިން އެ ރަށްރަށުގެ ފެނާއި ނަރުދަމާގެ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ އޮޕަރޭޓާސް ޓްރެނިން ޕްރޮގްރާމް ވެސް ވަނީ ހިންގާ ނިމިފައި ކަމަށް އެ ކުންފުނިން ބުނެއެވެ.

މި ހަތަރު ރަށުގެ ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން، ނަރުދަމާ މައި ނެޓްވޯކްއާއި ޕަންޕިން ލައިން އަޅައި، ނަރުދަމާގެ އިދާރީ ބިލްޑިން އިމާރާތްކޮށް، ޕަންޕިން ސްޓޭޝަން ގާއިމްކޮށް އަދި ސީ އައުޓްފޯލް އަޅައި ވަނީ ނިމިފައެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާގެ ކަނެކްޝަން ވަނީ ގުޅައި ދީފައެވެ. މީގެ އިތުރުން މި މަޝްރޫއުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު ވެސް ވަނީ ފޯރުކޮށް ދީފައެވެ.

އަދި ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން، ފެން ހޮޅީގެ މައި ނެޓްވޯކް އަޅައި، އާރްއޯ ފެސިލިޓީ ބިލްޑިން އިމާރާތްކޮށް، ފެން އުފެއްދުމަށްޓަކައި އާރްއޯ ޕްލާންޓްއާއި އަދި ފެން ރައްކާ ކުރުމަށްޓަކައި ތާންގީ ބަހައްޓައި ވަނީ ނިމިފައެވެ. މީގެ އިތުރުން، ގޭގޭގައި ފެންމީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ވަނީ ގުޅައިދީފައި ކަމަށް ވެސް އެމްޑަބްލިއުއެސްސީން ބުނެއެވެ.

މި މަސައްކަތްތަށް އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ސަރުކާރުން ކުރިޔަށް ގެންދިޔައީ 55.163 މިލިއަން ދިވެހި ރުފިޔާގެ ބަޖެޓަކުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ