logoEN
Sto top
ހުޅުމާލޭ ޖަލުގައި ޤައިދީންނާއި ބަންދުމީހުންނަށް ޓީބީ ސްކްރީނިންގ ޕްރޮގްރާމެއް ފަށައިފި

ހުޅުމާލޭ ޖަލުގައި ޤައިދީންނާއި ބަންދުމީހުންނަށް ޓީބީ ސްކްރީނިންގ ޕްރޮގްރާމެއް ފަށައިފި

އަހުމަދު ޝުރާއު

logo

3/20/2022, 11:06:01 PM

# ކަރެކްޝަނަލް ސަރވިސް# ޓީބީ

viber_image_2022-03-20_14-45-06-145-650x350

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ ހުޅުމާލޭ ޖަލުގައި ތިބި ގައިދީނަށާއި ބަންދުމީހުންނަށް ޓީބީ ސްކްރީނިންގ ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ.

Wamco

ހުޅުމާލޭ ޖަލުގެ ހުރިހާ ޤައިދީންނާއި ބަންދުމީހުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހަތް ދުވަހަށް އެކި ބައިބަޔަށް ބަހާލައިގެންނެވެ. މިގޮތުން ޓީބީއަށް ހޭލުންތެރިކުރުމުގެ ގޮތުން މިއަދު ކުރިއަށްގެންދިޔައީ މަޢުލޫމާތު ޚިއްސާކުރުމުގެ ސެޝަންއެކެވެ. އަދި ކުރިއަށް އޮންނާނީ ޓީބީއަށް ސްކްރީން ކުރުމާއި ސާމްޕަލް ކަލެކްޝަނާއި އެކްސް-ރޭ ނެގުމެވެ. ސާމްޕަލް ކަލެކްޝަން ކުރިއަށްގެންދާނީ ދުވާލަކަށް 16 ސާމްޕަލް ނަގާގޮތަށެވެ.

މި ޕްރޮގްރާމަކީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި އައިޖީއެމް ހޮސްޕިޓަލްއާއި ހުޅުމާލޭ ހޮސްޕިޓަލާ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

ޓީބީ ސްކްރީނިންގ ޕްރޮގްރާމަކީ ޖަލުތަކުގައި ބަންދުކުރެވިފައިވާ ފަރާތްތަކަށް ދުޅަހެޔޮ ސިއްޙަތަކާއި ޖަލުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ހުރިހާ ޖަލެއްގައި ވެސް ރެންޑަމްކޮށް އެކި ދުވަސްވަރު ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އަދި މިފަހަރުގެ ޓީބީ ސްކްރީނިންގ ޕްރޮގްރާމް ކުރިއަށް މި ގެންދަނީ ދުނިޔޭގެ ޓީބީ ދުވަސް (24 މާރިޗު 2022) އާ ގުޅުވައިގެންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC