
ލަންކާއާއި ރާއްޖޭގެ ޕްރިޒަން އޮފިސަރުންނަށް އަމާޒުކޮށް ހިންގި ތަމްރީން ޕްރޮގްރާމް ނިންމާލައިފި
# ކަރެކްޝަނަލް ސަރވިސްviber_image_2022-03-24_19-09-58-733-650x350
ޔުނައިޓެޑް ނޭޝަންސް އޮފިސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ)ގެ ގްލޯބަލް މެރީޓައިމް ކްރައިމް ޕްރޮގްރާމް (ޖީއެމްސީޕީ) އިން ސްރީ ލަންކާގެ ޕްރިޒަން އޮފިސަރުންނަށާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޕްރިޒަން އޮފިސަރުންނަށް “އެކްސެލިންގ ބިޔޯންޑް އެމަރޖިންގ ޗެލެންޖަރސް – ކަރެކްޝަންސް އާފްޓަރ ގްލޯބަލް ޕެންޑެމިކް” ގެ ނަމުގައި ހިންގި ޓްރޭނިންގ ޕްރޮގްރާމް ނިންމާލައިފި އެވެ.

މި ޓްރޭނިންގ ޕްރޮގްރާމްގެ ނިމުމުގެ ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާނަކީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅުއެވެ. އަދި ޔޫއެންއޯޑީސީގެ އެސޯސިއޭޓް ކްރައިމް ޕްރިވެންޝަން އެންޑް ކްރިމިނަލް ޖަސްޓިސް އޮފިސަރ މރ. ޖޯޝުއާ އާޓޭޓާ ގޮންޒާލީޒް، ސްރީ ލަންކާއަށް ކަނޑައަޅާފައި ހުންނަ ކަންޓްރީ ކޯޑިނޭޓަރ ދުޝާންތީ ފަރނާންޑޯ، ނެޝަނަލް ޕްރޮގްރާމް އޮފިސަރަ މުޙައްމަދު އަރުޖުން، ޕްރިޒަން އެކްސްޕަރޓް ޔޯހަން މަޓްސް ފްރެޑެރިކް ޔޮނަސަން، ޔޫއެންއޯޑީސީގެ ފަރާތުން ރާއްޖެއަށް ކަނޑައަޅާފައިވާ ޕްރިޒަން އެކްސްޕަރޓް އެލިއުދް އޮޕިލޯ އޮކެއްލޯ، ކޮމިޝަންޑް އޮފިސަރުންނާއި ޓްރޭނިންގ ޕްރޮގްރާމްގެ ބައިވެރިން މި ރަސްމިއްޔާތުގައި ބައިވެރިވެލެއްވިއެވެ. މީގެ އިތުރުން ސްރީ ލަންކާގެ ކޮމިޝަނަރ ޖެނެރަލް ތުޝާރާ އުޕުލްދެނިޔާ މި ރަސްމިއްޔާތުގައި އޮންލައިންކޮށް ބައިވެރިވެލެއްވިއެވެ.
މިގޮތުން މިއަދު ވަނީ މި ޕްރޮގްރާމް ފުރިހަމަ ކުރި ޕްރިޒަން އޮފިސަރުންނަށް ސެޓްފިކެޓް ހަވާލުކޮށްފައެވެ.
05 ދުވަހަށް ކުރިއަށް ގެންދިޔަ މި ޓްރޭނިންގ ޕްރޮގްރާމް ހިންގުމުގެ ބޭނުމަކީ ޕްރިޒަން އޮފިސަރުން ތަމްރީން އަދި ތަރައްޤީކޮށް، ޔޫއެންގެ “މިނިމަމް ސްޓޭންޑަޑް ފޯ ދަ ޓްރީޓްމަންޓް އޮފް ޕްރިޒަނަސް – ދަ ނެލްސަން މަންޑޭލާ ރޫލްސް” އަށް އަޙުލުވެރިކޮށް، ކޯވިޑް-19 ފަދަ ބަލިތައް ފެތުރުމުގެ ސަބަބުން ދިމާވެދާނެ މައްސަލަތަކާއި ގޮންޖެހުންތަކަށް ތައްޔާރުވެ، އެކަންކަން ޙައްލުކުރާނެ އުކުޅުތައް ދަސްކޮށްދިނުމެވެ.
މި ޓްރޭނިންގ ޕްރޮގްރާމްގައި ސްރީ ލަންކާގެ 09 ޕްރިޒަން އޮފިސަރުންނާއި ރާއްޖޭގެ 08 ޕްރިޒަން އޮފިސަރުން ވަނީ ބައިވެފައެވެ.
ގުޅުންހުރި

ކަރެކްޝަންސްގެ 25 ވަނަ އަސާސީ ތަމްރީން ޕްރޮގްރާމުގެ ބެސްޓް އޯލް ރައުންޑަކަށް ޕްރައިވެޓް ޙުސެއިން ހުމާމް!

ލަންކާއާއި ރާއްޖޭގެ ޕްރިޒަން އޮފިސަރުންނަށް އަމާޒުކޮށް ހިންގި ތަމްރީން ޕްރޮގްރާމް ނިންމާލައިފި

ޖުވެނައިލް ޖަސްޓިސް ޓްރޭނިންގ ޕްރޮގްރާމް ނިންމާލައިފި





