logoEN
Sto top
މަޖީދިއްޔާ ސްކޫލްގެ ދަރިވަރަކު ޓީބީއަށް ފައްސިވެއްޖެ

މަޖީދިއްޔާ ސްކޫލްގެ ދަރިވަރަކު ޓީބީއަށް ފައްސިވެއްޖެ

އަހުމަދު ޝުރާއު

logo

6/4/2024, 12:13:29 PM

# ޓީބީ

މަޖީދިއްޔާ ސްކޫލު

ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ އެއް ސްކޫލު ކަމަށްވާ މަޖީދީއްޔާ ސްކޫލުގެ ދަރިވަރަކު ޓީބީ ބައްޔަށް ފައްސިވެއްޖެ އެވެ.

Wamco

އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ މަޖީދިއްޔާ ސްކޫލުގައި ކިޔަވަމުން ދާ ދަރިވަރަކު ޓީބީ އަށް ޕޮޒިޓިވް ވުމާ ގުޅިގެން އެޗްޕީއޭ ގެ ޕްރޮޓެކޯލް އާ އެއްގޮތަށް، އެޗްޕީއޭގެ ލަފާގެ މަތިން މި ކަން ބަލަމުން އަންނަކަމަށެވެ.

ނަމަވެސް އިތުރު ތަފްސީލެއް މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ. މި ކޭސްއާ ގުޅިގެން އެޗްޕީއޭއިން މިހާތަނަށް އެއްވެސް މައުލޫމާތެއް އަދި މިހާތަނަށް ހިއްސާކޮށްފައި ނުވެއެވެ.

ޓީބީ ނުވަތަ ޓިއުބަކިއުލޯސިސް އަކީ މައިކްރޯބެކްޓީރިއަލް ޓިއުބަކިއުލޯސިސް ކިޔާ ޖަރާސީމަކުން ފެތުރޭ ގައިން ގަޔަށް އަރާ ބައްޔެކެވެ. ކޮންމެ އުމުރެއްގެ މީހަކަށް ވެސް ޖެހިދާނެ ޓީބީ ބަލި އާންމުކޮށް ޖެހެނީ ފުއްމާމެޔަށެވެ. ނަމަވެސް ގޮހޮރު، މައިބަދަ، ކަށި ފަދަ ހަށިގަނޑުގެ އެހެން ގުނަވަންތަކަށް ވެސް ޓީބީ ޖެހެއެވެ.

ރާއްޖޭގެ ސިއްހީ ދާއިރާގެ ތަފާސްހިސާބުތަކަށް ދައްކާގޮތުގައި އަހަރަކު 150 އާއި 200 އާ ދެމެދުގެ އަދަދަކަށް ކޮންމެ އަހަރަކު ވެސް ޓީބީ ޖެހިގެން މީހުން ރިޕޯޓް ކުރެއެވެ.

ޓީބީއަކީ އަވަހަށް ދެނެގަނެ، ގަވާއިދުން ފަރުވާ ކުރެވިއްޖެނަމަ މުޅިން ފަސޭހަވާ ބައްޔެކެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC