
އެމްއައިބީގެ އުޖާލާ ފައިނޭންސިންގެ ދަށުން މަސްވެރިންނަށް ލޯނު ދޭން ފަށައިފި
# މޯލްޑިވްސް އިސްލާމިކް ބޭންކް# މަސްވެރިން# އުޖާލާ ދިރިއުޅުންMIB-pm02uofny0w7ks24hc26c37g7mhittz7kbw4kueao8
މޯލްޑިވެސް އިސްލާމިކް ބޭންކުން އެ ބޭންކުގެ އެންމެ މަގްބޫލް ފައިނޭންސިން ސްކީމް އުޖާލާ ދިރިއުޅުން ފައިނޭންސިން ސްކީމުގައި މަސްވެރިން ބައިވެރި ކުރަން ފަށައިފިއެވެ.

މިއީ ރާއްޖޭގެ ބޭންކަކުން މަސްވެރިންނަށް ލޯނު ފެސިލިޓީއެއް ދޭން ނިންމި ފުރަތަމަ ފަހަރެވެ. އެ ކަން އިއުލާންކޮށްފައިވަނީ އިސްލާމިކް ބޭންކުން މިރޭ ފަރެސްމާތޮޑާގައި ބޭއްވި ރަސްމިއްޔާތެއްގައި އެބޭންކުގެ އެކްޓިން ސީއީއޯ އަހްމަދު ރިޟާއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރިޟާ ވިދާޅުވީ އެ ފުރުސަތުގެ ބޭނުން ހިފައިގެން، ދިރިއުޅުމުގައި އާއި އަދިވެސް އެހެނިހެން ކަންކަމުގައި ކުރަން ގަސްތުކޮށްފައިވާ ކަންކަން ކުރުމަށް މަސްވެރިންނަށް މަގުފަހިވެގެން ދާނެ ކަމަށެވެ.
އެމްއައިބީގެ އުޖާލާ ދިރިއުޅުން ފެސިލިޓީއަކީ މިވަގުތު ރާއްޖޭގެ ގިނަބަޔަކު ބޭނުނުކުރާ އެންމެ މަގުބޫލު އެއް ފައިނޭންސިން ފެސިލިޓީއެވެ. އެއްވެސް ރަހުނަކާ ނުލައި ގިނަވެގެން 400،000ރ ގެ މުދާގަނެވޭ މިސްކީމަކީ އިސްލާމީ ޝަރިއާ ހުއްދަކުރާ އުސޫލުތަކުގެ ތެރެއިން ކުރިޔަށްގެންދެވޭ ސްކީމެކެވެ.
މިރޭ މި އިއުލާނު ކުރެވުނު “އުޖާލާ މަސްވެެރިޔާ” ޕައިލަޓް ސްކީމްގެ ދަށުން މަސްވެރިންނަށް ލިބޭ އާމްދަނީއަށް ބަލާ -/100،000 ރުފިޔާ ހަމައަށް މުދާ ނެގުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެމްއައިބީއިން މައުލޫމާތު ދެއެވެ. އެގޮތުން ފަރުނީޗަރު، ސައިކަލް، ޓީވީ، ބަދިގެ ސާމާނު، އައިސް އަލަމާރި، ދޮންން މެޝިން ފަދަ ސާމާނު މިސްކީމުން ގަނެވޭނެއެވެ.
ގުޅުންހުރި

މަސްވެރީންނަށް އުފާވެރި ދުވަހެއް: ބީއެމްއެލްއިން ކްރެޑިޓް ފެސިލިޓީތައް ލިބޭނެ އިންތިޒާމު ހަމަޖައްސައިފި

މަސްކިރުވިތާ 48 ގަޑިއިރުން މަސްވެރިންނަށް ފައިސާ ޖަމާކޮށްފި , މިއަދު އެކަނިވެސް 2 މިލިއަން ރުފިޔާ ޖަމާކުރި!

މަސްވެރިންނަށް ނުދެވި ހުރި ފައިސާ ހަވާލުކުރުމަށް މިފްކޯއާ ހަވާލުކޮށްފިން - ރައީސް
