logoEN
cocacola
އާބާދީ ބޮޑު 15 ރަށެއްގެ ކަރަންޓު ވިއުގަ ޒަމާނީ ފެންވަރަށް ތަރައްޤީ ކުރަނީ

އާބާދީ ބޮޑު 15 ރަށެއްގެ ކަރަންޓު ވިއުގަ ޒަމާނީ ފެންވަރަށް ތަރައްޤީ ކުރަނީ

އަހުމަދު މާހު

logo

3/17/2022, 12:29:44 PM

# ވޯލްޑް ބޭންކް# އެރައިސް ޕްރޮޖެކްޓް# ކަރަންޓު ވިއުގަ

DJI_0469

ދިވެހިރާއްޖޭގެ އާބާދީ ބޮޑު 15 ރަށެއްގެ ކަރަންޓު ވިއުގަ އަޕްގްރޭޑްކޮށް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުއެއް ފެށުމަށް އެންވަޔަރަމަންޓް މިނިަސްޓްރީން ތައްޔާރުވެއްޖެ އެވެ.

ގޮސިޔާ

މި މަޝްރޫޢު ކުރިއަށް ގެންދިޔުމަށް ނިންމާފައިވަނީ ވޯލްޑް ބޭންކުގެ އެހީގައި މިނިސްޓްރީން ކުރިއަށް ގެންދާ އެރައިސް މަޝްރޫއުގެ ދަށުންކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލިޖީގެ ފަށާފައިވާ އެރައިސް މަޝްރޫޢުއަކީ ރާއްޖޭގެ ހަކަތައިގެ ނިޒާމު، އަވިން ހަކަތަ އުފައްދާ ނިޒާމަށް ބަދަލުކުރުމަށް ފަށާފައިވާ ބޮޑު ޕްރޮޖެކްޓެކެވެ.

މި މަޝްރޫޢުގައި ހިމެނޭ 15 ރަށުގެ ކަރަންޓު ވިއުގަ ޒަމާނީ ފެންވަރަށް ބަދަލުކޮށްދޭނެ ބަޔަކު ހޯދުމަށް އެންވަޔަރަމަންޓް މިނިސްޓްރީން މިހާރު ވަނީ އިޢުލާންކޮށްފައެވެ.

ކަރަންޓު ވިއުގަ ޒަމާނީ ފެންވަރަށް ގެނައުމަށް ނިންމާފައިވާ ރަށްތަކަކީ:

އައްޑޫސިޓީގެ ގުޅިފައިވާ ރަށްތައް

އައްޑޫސިިޓީގެ ހުޅުމީދޫ

ފުވައްމުލައް ސިޓީ

ކުޅުދުއްފުށި ސިޓީ

ގދ. ތިނަދޫ

ބ އޭދަފުށި

ޅ ހިންނަވަރު

ށ ފުނަދޫ

ލ ފޮނަދޫ

ލ އިސްދޫ

ލ ކަލައިދޫ

ލ ދަނބިދޫ

ލ މާބައިދޫ

ލ ކުނަހަންދޫ

ލ ހިތަދޫ

މިނިސްޓްރީން އިޢުލާންކޮށްފައި ވަނީ މި 15 ރަށުގައި މިހާރު ގާއިމުކޮށްފައިވާ ޑިސްޓްރިބިއުޝަން ނެޓްވޯރކްގެ ކޭބަލް އަޕްގްރޭޑްކުރުމާއި، ރަށްރަށުގައި ހިއްކި ސަރަޙައްދާއި މީހުން އަލަށް އާބާދުވާ އެނޫންވެސް ސަރަހައްދުތަކަށް ކަރަންޓު ނެޓްވަރކް ފުޅާކުރުމާއި، ޓްރާންސްފޯމަރުތައް ބަދަލުކުރުމާއި ސަބް ސްޓޭޝަންތައް ޤާއިމުކުރުމާއި، ނެޓްވަރކަށް އޮޓޮމޭޓެޑް ފީޗަރސްތައް އިންޓެގްރޭޓް ކުރުންފަދަ މަސައްކަތްތަކެވެ.

މި ބަދަލާއެކު އިންޖީނުގޭގެ އޮޕަރޭޝަން ސްޓޭޓަސް ވަގުތުން ބަލާލެވުމާއި، ނިޒާމަށް މައްސަލައެއް ދިމާވެއްޖެނަމަ އެކަން ފަސޭހައިން ދެނެގަނެ ޙައްލުކުރުމަށް އެހީއަކަށްވެގެންދާނެ އެވެ.

އެރައިސް މަޝްރޫއިން ދަނީ ރާއްޖޭގެ އެކިރަށްތަކުގައި 36 މެގަވޮޓުގެ އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމު ގާއިމުކޮށް މި ނިޒާމުތަކަށް ބޭނުންވާ ސްޓޯރޭޖްއަށް ގާތްގަނޑަކަށް 40 މެގަވޮޓްއަވަރ ގެ ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ބެހެއްޓުމަށްވެސް މަސައްކަތްކުރަމުންނެވެ.

ކޮންމެ ރަށެއްގެ ކަރަންޓު ވިއުގަ ޑިޒައިން ކުރުމުގައި އެރަށެއްގައި ގާއިމުކުރުމަށް ރާވާފައިވާ ސޯލާ ހަކަތައިގެ ކެޕޭސިޓީ އަދި ކުރިއަށް އޮތް 10-15 އަހަރުގެ ކަރަންޓުގެ ޑިމާންޑް ޕްރޮޖެކްޝަންސްތަކަށް ބަލައި ތަފްސީލީ ދިރާސާތަކެއްވެސް މިނިސްޓްރީއިންދަނީ ކުރަމުންނެވެ. މިމަސައްކަތްތައް ފުރިހަމަވުމުން ކުރިއަށްއޮށް 15 އަހަރަށް ބޭނުންވާ ކަރަންޓު ނެޓްވަރކް އިންފްރާސްޓްރަކްޗަރ ގާއިމުކޮށް ގިނަ ރަށްތަކުގައި ދިމާވެފައިވާ ކަރަންޓު ކެނޑުމުގެ މައްސަލައަށް ޙައްލު ލިބިގެންދާނެ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ