
--
ރާއްޖެ އާއި ނޭޕާލް އާއި ސްރީލަންކާ ހިމެނޭ ސަރަހައްދުގެ ވޯލްޑް ބޭންކުގެ އާ ކަންޓްރީ ޑިރެކްޓަރަކަށް ޑޭވިޑް ސިސްލެން ހަމަޖައްސައިފި އެވެ.

ވޯލްޑް ބޭންކުން ބުނެފައިވަނީ, ސިސްލެން މި މަގާމާ ހަވާލުވާނީ އަންނަ މަހުގެ 1 އިން ފެށިގެން ކަމަށެވެ. މިހާރު އެ މަގާމުގައި ހިންނެވި ފާރިސް ހަދާދު ޒާރްވޮސް ވޯލްޑް ބޭންކުގެ އެހެން މަގާމަކަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ.
އެމެރިކާ އާއި އިޓަލީ ޕާސްޕޯޓު އޮންނަ ސިސްލެން ވޯލްޑް ބޭންކާ ގުޅުނީ 2001 ގައި، އެ ބޭންކުގެ އާބަން ކްލަސްޓާ ޔުނިޓުގެ އިކޮނޮމިސްޓަކަށެވެ. އެއަށް ފަހު އޭނާ ވަނީ އެކި ސަރަހައްދުތަކުގައި ވޯލްޑް ބޭންކުގެ އޮޕަރޭޝަނަލް އަދި މެނޭޖީރިއަލް މަގާމުތައް ފުރުއްވާފަ އެވެ.
ސިސްލެން އެންމެ ފަހުން މަސައްކަތްކުރެއްވީ, ލެޓިން އެެމެރިކާ އަދި ކެރީބިއަން ސަރަހައްދުގެ އާބަން، ޑިޒާސްޓާ ރިސްކް މެނޭޖްމަންޓް އެންޑް ލޭންޑުގެ ޕްރެކްޓިސް މެނޭޖަރެއްގެ މަގާމުގައެވެ.
މަގާމު ލިބުމާ ގުޅިގެން ސިސްލެން ވިދާޅުވީ ވަރަށް އަވަރަށް ސްޓޭކްހޯލްޑްރުންނާއި ބައިވެރިންނާ ބައްދަލުކުރައްވާނެ ކަމަށެވެ.
" އަހަރެން އެންމެ މުހިންމު އިސްކަމެއް ދޭނީ، ސްޓްރެޓެޖިކް ޑައިލޮގް ކަނޑައެޅުމުގައި، ބޭންކުން އިސްކަންދޭ އަވަސްކަމާއި، ބޮޑުމިނާއި، އޭގެން ކުރާނެ އަސަރަށް ބިނާކޮށް އޮޕަރޭޝަންތައް ބައްޓަން ކުރުމާއި، ސަރުކާރުތަކާއި ތަރައްގީގެ ބައިވެރިންނާއި ގިނަ ސްޓޭކްހޯލްޑަރުުންނާއެކީ ގާތުން މަސައްކަތް ކުރުމަށް" - ސިސްލެން
ސިސްލެން ހަވާލުވާ، ރާއްޖެ، ސްރީލަންކާ އަދި ނޭޕާލްގެ ވޯލްޑް ބޭންކުގެ ޕޯޓފޯލިއޯ އަގުކުރެވިފައިވަނީ 4.8 ބިލިއަން ޑޮލަރުގައެވެ.
ގުޅުންހުރި

ރާއްޖެ ހިމެނޭ ސަރަހައްދަށް ވޯލްޑް ބޭންކުން އާ ކަންޓްރީ ޑިރެކްޓަރެއް

ސާނަވީ ތައުލީމު ކުރިއެރުވުމަށް ވާލްޑް ބޭންކުން ރާއްޖެއަށް 139 މިލިއަން ރުފިޔާ

ރާއްޖޭގެ އިގްތިސާދީ ދުވެލިބާރު ނަމަވެސް ދަރަނިބޮޑުވުމަކީ ކަންބޮޑުވުމެއް: ވޯލްޑް ބެންކް

އާބާދީ ބޮޑު 15 ރަށެއްގެ ކަރަންޓު ވިއުގަ ޒަމާނީ ފެންވަރަށް ތަރައްޤީ ކުރަނީ
ފަހުގެ

ދެކުނުގެ ދެ ސިޓީ ރީނދޫ ސަމާލުގައި

އިސްލާމީ ޤައުމުތަކުގެ ވެރީންނަށް ރަމަޟާން މަހުގެ ތަހުނިޔާ ރައީސް މުއިއްޒު އަރިސްކުރައްވައިފި

އަގުމަގު ޕޯޓަލް: އަގުހެޔޮކޮށް ތަކެތި ލިބެންހުރި ފިހާރަތައް އެނގޭނެ ޕޯޓަލްއެއް!

ދެކުނަށް މޫސުން ގޯސް: ހުދު ސަމާލު ނެރެފި

ޢިއްޒުއްދީން ފާލަމުގެ މަސައްކަތުގައި އަަމަލީ ގޮތުން ބައިވެރިވި އެމްޓީސީސީގެ މުވައްޒަފުންގެ އަގު ވަޒަންކޮށްފި
