
ޔޫކްރެއިނުން އައި ދަރިވަރުންގެ ކިޔެވުން ފުރިހަމަ ކުރެވޭނެ ގޮތެއް ހޯދަނީ
# ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް# ދަރިވަރުން# ޔޫކްރެއިން50C1E6A7-B5B1-45C3-96D1-D23A3E979053
ރަޝިއާ އާއި ޔޫކްރެއިންއާ ދެމެދުގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އެ ގައުމުގައި ކިޔަވަމުން ދިޔަ ދަރިވަރުން ކިޔެވުން މެދުކަނޑާލައި ރާއްޖެ އައިސްފައިވާތީ އެ ދަރިވަރުންގެ ކިޔެވުން ފުރިހަމަކުރެވޭނެ މަގެއް ހޯދަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިރޭ ގައުމާ މުހާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރަައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ ހަނގުރާމަ ފެށި އިރު އެ ގައުމުގައި 50 އަށް ވުރެ ގިނަ ދިވެހިން ތިބި އިރު އޭގެ މެޖޯރިޓީ އަކީ އެ ގައުމުގައި ކިޔަވާ ދަރިވަރުން ކަމަށާއި މީގެ ހަފްތާއެއްހާ ދުވަސްކުރިން އެ ހުރިހާ ދަރިވަރުން އަނބުރާ ރާއްޖެ ގެނެސްފައިވާ ކަމާށެވެ.
މގޮތުން ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމައަކީ ބޮޑު ހަނގުރާމައެއް ކަމަށާއި، އެ ހަނގުރާމައިން ޔޫކްރެއިން އަރައިގަންނަން ގިނަ ދުވަސްތަކެއް ވާނެ ކަމަށް ބެލެވޭތީ އެ ގައުމުގައި ކިޔެވުން ދޫކޮށްލުމަށް ފަހު އެނބުރި އައި ދަރިވަރުންނަށް އަނބުރާ ދެވޭނެ ދުވަހެއް ނޭނގޭތީ އެ ދަރިވަރުންގެ ކިޔެވުން ފުރިހަމަކުރެވޭނެ މަގެއް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ އާއި، ފޮރިން މިނިސްޓްރީން ގުޅިގެން ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.
ހަމައެއާއި އެކު އެ ސަރަހައްދުގެ ގައުމުތަކުގައި ދިރިއުޅޭ ދިވެހިންގެ ތެރެއިން އަނބުރާ އަންނަން ބޭނުންވާ މީހުންނަށް އެ މަގު ވެސް ފަހިކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަން ރައީސް ސޯލިހްގެ ވާހަކަފުޅުގައި އެމަނިކުފާނުވަނީ ފާހަގަކުރައްވާފައެވެ.