logoEN
cocacola
ބޮޑުއަގު ނަގާ ޓެކްސީ ސެންޓަރުތަކާއި ޑްރައިވަރުންނަށް ފިޔަވަޅު އަޅާނަން: ޓްރާންސްޕޯޓް

ބޮޑުއަގު ނަގާ ޓެކްސީ ސެންޓަރުތަކާއި ޑްރައިވަރުންނަށް ފިޔަވަޅު އަޅާނަން: ޓްރާންސްޕޯޓް

އައިޝަތު އިފާޝާ

logo

3/13/2022, 2:00:49 PM

# ޓެކްސީ# ޓެކްސީ ދަތުރު# ޓެކްސީ އަގު

Nahula

ބޮޑު އަގުގައި ޓެކްސީ ދަތުރުކުރާ ސެންޓަރުތަކާއި ޑްރައިވަރުންނަށް ފިޔަވަޅު އަޅާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.

ގޮސިޔާ

ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު އާއްމުކުރި ނޫސްބަޔާނެއްގައި ބުނެފައިވަނީ، ޓެކްސީ ގަވާއިދުގެ ދަށުން ކަނޑައަޅާފައިވާ އަގަށްވުރެ ބޮޑުއަގެއް ނުނެގުމަށާއި އަދި ޓެކްސީގެ ޚިދުމަތަށް ބުރޫ ނާރާނެގޮތަށް ޓެކްސީގެ ޚިދުމަތް ދިނުމަށް މިނިސްޓްރީން އިލްތިމާސް ކުރާކަމަށެވެ. އަދި ގަވާއިދުން ބާރުލިބިގެން ކަނޑައަޅާފައިވާ އަގަށް ވުރެ ބޮޑުއަގު ނަގާ ޓެކްސީ ޑްރައިވަރުންނާއި އަދި ޓެކްސީ ސެންޓަރުތަކާމެދު ޓެކްސީ ގަވާއިދުގެ 20 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.

ޓެކްސީ ގަވައިދާ ހިލާފަށް ހިދުމަތްދޭނަމަ އެޅޭނެ ފިޔަވަޅުތަކުގެ ގޮތުގައި އެގަވައިދުގެ 20 ވަނަ މާއްދާގައި ބުނެފައިވަނީ، ފުރަތަމަ ފަހަރުނަމަ 500 ރުފިޔާއިން ޖުރިމަނާ އަދި ދެވަނަ ފަހަރުނަމަ 1000 ރުފިޔާއިން ޖުރިމަނާ އަދި އިތުރަށް ކުށް ތަކުރާރުކޮށްފިނަމަ ލައިސެންސް ބާތިލު ކުރުމެވެ.

މީގެއިތުރުރުން ޓްރާންސްޕޯޓުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ، ތެލަށްއައި ބަދަލާއި ގުޅިގެން ޓެކްސީ ޑްރައިވަރުންގެ ފަރާތުން ޚިދުމަތުގެ އަގުތަކަށް ބަދަލުގެނައުމާއި ގުޅޭގޮތުން 16 ޓެކްސީ ސެންޓަރެއް ހިމެނޭގޮތަށް 7 މާރިޗް ގައި ޓެކްސީ ޑްރައިވަރުންނާއި ޓެކްސީ ސެންޓަރުތަކުން ޓެކްސީގެ ޚިދުމަތުން އަގުނަގާނެގޮތާއި ގުޅޭގޮތުން މިނިސްޓްރީއަށް ސިޓީއެއް ހުށަހަޅާފައިވާކަމަށެވެ. އެގޮތުން އެކަންކަމުގެ ތެރެއިން ވަގުތުން ފިޔަވަޅު އަޅައިދެވެން ހުރިކަންކަމަށް ފިޔަވަޅު އަޅައި ދޭނެކަމަށާއި، އެހެންކަންކަން ހައްލުކޮށްދެއްވުމަށް ދެފަރާތުން މަޝްވަރާކޮށްގެން ގޮތެއް ހޯދާނެކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

ޓެކްސީ ސެންޓަރުތަކުން އެދުނު ގޮތަށް ޓްރާންސްޕޯޓް މިނިސްޓްރީން އަގުތައް ބޮޑުކޮށް ނުދިނުމުން، ޓެކްސީ ޑްރައިވަރުން ވަނީ ހިދުމަތް މެދުކަނޑާލާ މުޒާހަރާވެސް ކޮށްފައެވެ. އެހެންނަމަވެސް ފަހުން އެ މުޒާހަރާ ހުއްޓާލާ ޓެކްސީ ޑްރައިވަރުން ދަތުރުކުރަމުން އަންނަނީ ޓެކްސީ ސެންޓަރުތަކުން އަމިއްލައަށް ކަނޑައަޅާފައިވާ އަގުތަކުގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ