--
ޓެކްސީ ކުރާ އަގުތައް މުރާޖައާކުރުމަށް ފަހު ސަރުކާރުން އައު އަގުތަކެއް ކަނޑައަޅައިފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ހަތަރު ފުރޮޅުލީ އުޅަނދުގައި ޓެކްސީ ދަތުރު ކުރެވޭ އަގުތައް ކަނޑައަޅާފައިވާ ކަމަށާއި, އެ އަގުތައް ނަގަން ފަށާނީ މި މަހުގެ 20 އިން ފެށިގެން ކަމަށެވެ.
6 ސީޓަށްވުރެ މަދު އުޅަނދުތަކަށް ކަނޑައަޅާފައިވާ އަގުތައް:
- ޒޯނު އެތެރޭގެ ދަތުރުތައް (މާލެ، ހުޅުމާލެ، ހުޅުމާލެ 2 ގެ އެތެރޭގެ ދަތުރުތައް) – 30ރ.
- މާލެ އިން ހުޅުމާލެ ފޭސް 1 އަށް: 85ރ،
- މާލެ އިން ހުޅުމާލެ ފޭސް 2 އަށް: 100ރ،'
- މާލެ އިން އެއާޕޯޓަށް: 70ރ.
- ހުޅުމާލެ 2 އިން މާލެ އަށް 100ރ.
- ހުޅުމާލެ 2 އިން ހުޅުމާލެ 1 އަށް 40ރ.
- ހުޅުމާލެ 2 އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް 85ރ.
- ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މާލެ އަށް 70ރ.
- ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހުޅުމާލެ 1 އަށް 80ރ.
- ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހުޅުމާލެ 2 އަށް 85ރ.
7-10 ސީޓުގެ އުޅަނދުތަކަށް ޓެކްސީ ކުރެވޭނެ އަގުތައް:
- ޒޯނު އެތެރޭގެ ދަތުރުތައް (މާލެ، ހުޅުމާލެ، ހުޅުމާލެ 2 ގެ އެތެރޭގެ ދަތުރުތައް) – 45ރ.
- މާލެ އިން ހުޅުމާލެ ފޭސް 1 އަށް:130ރ،
- މާލެ އިން ހުޅުމާލެ ފޭސް 2 އަށް: 155ރ،'
- މާލެ އިން އެއާޕޯޓަށް: 110ރ.
- ހުޅުމާލެ 2 އިން މާލެ އަށް 155ރ.
- ހުޅުމާލެ 2 އިން ހުޅުމާލެ 1 އަށް 60ރ.
- ހުޅުމާލެ 2 އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް 130ރ.
- ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މާލެ އަށް 110ރ.
- ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހުޅުމާލެ 1 އަށް 125ރ.
- ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހުޅުމާލެ 2 އަށް 130ރ.
މާލެއިން ނުވަތަ ހުޅުމާލެއިން ވިޔަސް އެއާޕޯޓަށް ކުރާ ދަތުރުގައި ޑޮމެސްޓިކް ޓާމިނަލަށް ދާނަމަ މިހާރު ކަނޑައަޅާފައިވާ އަގުގެ އިތުރުން 10 ރުފިޔާ ނެގޭނެ ކަމަށް މިހާރު ވަނީ ކަނޑައަޅާފައެވެ. އަދި ޓެކްސީއަށް އަރުވާ ލަގެޖްގެ ތެރެއިން ތިން ލަގެޖްއަށްވުރެ އިތުރުވާ ކޮންމެ ލަގެޖަކަށް 5 ރުފިޔާ ނެގޭގޮތަށް މިހާރު ވަނީ ކަނޑައަޅާފައެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ޓެކްސީ ކުރުމުގެ އަގުތައް ކަނޑައަޅާފައިވަނީ ދަތުރުކުރެވޭ ސަރަހައްދާއި ޕެޓްރޯލް ހަރަދާއި އެފަދަ ކަންކަމަށް ރިއާޔަތްކޮށް ޓެކްސީ ޑްރައިވަރުންނާއި ހިދުމަތް ލިބިގަންނަ އާންމު ފަރުދުންގެ މަސްލަހަތަށް ބުރޫނާރާނެ ފަދަ ވިސްނުމެއްގައި ކަމަށެވެ. އަދި ކަނޑައަޅާފައިވާ އާ އަގުތަކަށް ޓެކްސީގެ ހިދުމަތް ދޭ ފަރާތްތަކުން އަމަލު ކުރޭތޯ، ދިވެހި ފުލުހުންގެ ހިދުމަތާ ގުޅިގެން ވަރަށް ގާތުން ބަލަމުން ގެންދާނެކަމަށްވެސް އެ މިނިސްޓްރީން ބުނެ އެވެ.