logoEN
cocacola
ޓެކްސީގެ ހިދުމަތަށް ޓެކްސީ ސެންޓަރެއްގައި ރަޖިސްޓްރީކުރަންޖެހޭ ގޮތަށް ގަވާއިދު އިސްލާހުކޮށްފި

ޓެކްސީގެ ހިދުމަތަށް ޓެކްސީ ސެންޓަރެއްގައި ރަޖިސްޓްރީކުރަންޖެހޭ ގޮތަށް ގަވާއިދު އިސްލާހުކޮށްފި

އަލްފާ އަލީ

logo

9/21/2024, 11:45:09 AM

# ޓެކްސީ

-

ޓެކްސީކުރާ ފަރާތްތައް، ޓެކްސީ ސެންޓަރުގައި ރަޖިސްޓްރީ ނުކޮށް، ލައިސެންސް ނުލިބޭ ގޮތަށް ގަވާއިިދު އިސްލާހުކޮށްފި އެވެ.

ގޮސިޔާ

ޓެކްސީ ގަވާއިދަށް މިހާރު ގެނެވުނު އިސްލާހުގައި ބުނާގޮތުން ޓެކްސީ ކުރާ ކާރަކީ ލައިސަންސް ލިބިފައިވާ ޓެކްސީ ސެންޓަރަކަށް ރަޖިސްޓްރީކޮށްފައިވާ ކާރަކަށް ވާންޖެހެއެވެ.

ލައިސެންސް ހޯދަން އެދޭ ފަރާތްތަކުން އެކަމަށް އެދޭ އުޅަނދަކީ ޓެކްސީ ސެންޓަރުގައި ރަޖިސްޓްރީ ކޮށްފައިވާ އުޅަނދެއްކަން އަންގައިދޭ ލިޔުންވެސް ހުށަހަޅަން ޖެހޭ ގޮތަށް ވަނީ ބަދަލުކޮށްފައެވެ.

2022 ވަނަ އަހަރު މި ޤަވައިދަށް ގެނައި އިސްލާހާއެކީ ޕްރައިވެޓް ހަޔާގެ ދަށުން ސެންޓަރެއްގައި ރަޖިސްޓްރީނުކޮށްވެސް ޕްރައިވެޓް ކާރުތަކަށް ޓެކްސީ ކުރެވެއެވެ.

މިދިޔަ ހަފްތާގައި ޓެކްސީ ގަވާއިދަށް ގެނެވުނު އިސްލާހާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވަނީ, މި އިސްލާހަކީ 2023 ވަނަ އަހަރުގެ ފަހުކޮޅު ގަރާޖަކާ ނުލާ 10،000 ރުފިޔާއަށް ޓެކްސީ ރެޖިސްޓަރ ކުރެވޭނެކަމަށް ގެނެވުނު އިސްލާޙް އުނިކުރުމަށް ފަހު، ކުރިންވެސް އޮތްގޮތަށް ޓެކްސީ ގަވާއިދަށް އަމަލުކުރުމަށް ގެނެވުނު އިސްލާޙެއް ކަމަށެވެ.

2023 ވަނަ އަހަރު ގެނެވުނު ބަދަލަކީ ޤާނޫނީގޮތުން ކުރިއަށް ނުގެންދެވޭނެ ނިންމުމެއް ކަމަށް އެޓަރނީޖެނެރަލްގެ އޮފީހުން 2023 ވަނަ އަހަރުގެ ނޮވެމްބަރ 9 ވަނަ ދުަވަހު ލަފާ ދީފައިވާ ވާތީ އެ އިސްލާހަށް އެއް އިރެއްގައިވެސް އެ މިނިސްޓްރީން އަމަލުކޮށްފައި ނުވާ ކަމަށް ބުނެފައިވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ