
ޔޫކްރޭނު ހަނގުރާމައާ ގުޅިގެން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކޮށްފި
# ރައީސް އޮފީސް# ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު# ވަޒީރުންގެ މަޖިލިސް# ކެބިނެޓް213980_32a89cfd-e_
ޔޫކްރެއިންގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވު އެ ބައްދަލުވުމުގައި ވަޒީރުން ވަނީ ޔޫކްރެއިންގެ މައްސަލައިގެ ސަބަބުން ދުނިޔޭގެ މަސްރަޙުގައި ތަކެތީގެ އަގުތައް އުފުލުމުގެ އިތުރުން އިޤްތިޞާދީގޮތުން ދިވެހިރާއްޖެއަށް ކުރިމަތިވެދާނެ ނޭދެވޭ އަސަރުތަކާ ގުޅޭ މަޢުލޫމާތު ހިއްސާކޮށް، އެފަދަ އަސަރުތައް ކުޑަކުރުމަށް ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފައެވެ.
މީގެ އިތުރުން ބައިނަލްއަޤްވާމީ މަސްރަޙުގައި ދިވެހިރާއްޖެއިން މި މައްސަލައާމެދު ގެންގުޅޭ ސިޔާސަތުގެ މައްޗަށް ވަޒީރުން ވަނީ ފުޅާ ދާއިރާއެއްގައި ވާހަކަފުޅުދައްކަވާފައެވެ.
ރަޝިއާ އާއި ޔޫކްރޭން ދެގައުމު ދެމެދުގައި ހިނގަމުން އަންނަ ހަމަލާ ބަދަލު ކުރުންތަކަށް ނިމުމެއް ގެންނަން ސުލްހައިގެ މަޝްވަރާތައް މީގެ ކުރިން ވަނީ ބާއްވާފައެވެ. މިފަދަ ތިން ބައްދަލުބުމެއް ކުރިއަށް ގެންދިޔަ ނަމަވެސް މިއަދާއި ހަމައަށް ހަނގުރާމަ ހުއްޓިފައެއް ނުވެއެވެ.
ގުޅުންހުރި

މަޝްރޫޢުތައް ސުންގަޑިއަށް ނިންމަން "ދުވެލި" އާއި "ޕިމްސް" ޕޯޓަލް އަދާހަމަކޮށް، ޚާއްޞަ ޔުނިޓްތަކެއް ހަދަން ވަޒީރުންގެ މަޖިލީހުން ނިންމައިފި
ރާއްޖޭގައި ދުންފަތާ ދުރު މުޖުތަމަޢެއް ބިނާކުރުމުގެ މަޤްޞަދުގައި 5 އަހަރު ދުވަހުގެ ޤައުމީ ކެމްޕޭނެއް!

ގަލްފް ހަނގުރާމައާއިއެކު ރާއްޖޭގެ ފަތުރުވެރިކަމަށް ކުރި އަސަރު ކުރިން އަންދާޒާ ކުރި މިންވަރަށް ވުރެ މާ ކުޑަ!




