logoEN
cocacola
ފެނުގެ ބެޗެއްގައި ޖަރާސީމު ހުރިކަން ވަނީ ފާހަގަކުރެވިފައި، ނަމަވެސް އެފެން މާކެޓަށް ނެރެފައި ނުވާނެ - އެމްޑަބްލިއުއެސްސީ

ފެނުގެ ބެޗެއްގައި ޖަރާސީމު ހުރިކަން ވަނީ ފާހަގަކުރެވިފައި، ނަމަވެސް އެފެން މާކެޓަށް ނެރެފައި ނުވާނެ - އެމްޑަބްލިއުއެސްސީ

އަހުމަދު ޝުރާއު

logo

3/7/2022, 10:59:15 PM

# އެމްޑަބްލިއުއެސްސީ# ތާޒާ

big_TOMHmaBX1YbAhyfLuuPFALWRY

މިދިޔަ ހަފުތާގައި އެމްޑަބްލިއުއެސްސީން އުފެއްދި ތާޒާ ފެނުގެ ބެޗެއްގައި ޖަރާސީމު ހުރިކަން ފާހަގަ ކުރެވުނަސް އެ ފެން މާކެޓަށް ނެރެފައި ނުވާނެ ކަމަށް އެކުންފުނިން ބުނެފިއެވެ.

ގޮސިޔާ

ސޯޝަލް މީޑިއާގައި ފެތުރެމުންދާ ވާހަކަތަކާ ގުޅިގެން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވީ މިދިޔަ ހަފުތާގައި އެކުންފުނިން އުފެއްދި ތާޒާ ފެނުން ޝައްކު ކުރެވޭ ކަމެއް ފެނިގެން އެބެޗުގެ ފެން މާކެޓަށް ނެރެފައި ނުވާ ކަމަށެވެ. އަދި އެކުންފުނިން މާކެޓަށް ނެރޭ ފެނުގެ ކޮންމެ ބެޗެއްވެސް މާކެޓަށް ނެރުމުގެ ކުރިން ކޮލެޓީ ޓެސްޓް ކުރާކަންވެސް އޭނާ ފާހަގަކުރެއްވި އެވެ.

ޝާހު ވަނީ ޖަރާސީމު ހުރި ފެނެއް ކަސްޓަމަރުންނާ ހަމައަށް ނުފޯރާނެ ކަމުގެ ޔަޤީންކަންވެސް ދެއްވާފައެވެ.

މީސް މިޑިއާގައި މިރޭ ވަނީ މަރުވެފައި އޮތް ކާޅެއް އެމްޑަބްލިއުއެސްސީގެ ތާނގިއަކުން ފެނިފައިވާ ކަމަށް ބުނެ ވާހަކަތަކެއް ފެތުރިފައެވެ.

ތާޒާއަކީ ރާއްޖޭގެ ޤައުމީ ފެންކުންފުނީގެ އުފެެއްދުމެކެވެ. ތާޒާ ފެނުގެ ކޮލެޓީ ހިފެހެއްޓުމަށް އެކުންފުނިން އަންނަނީ ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ. އެގޮތުން ފެން ޓެސްޓު ކުރުމުގެ ގިނަ ލެބްތަކެއް އެކުންފުނިން ވަނީ ފެން އުފައްދާ ޕްލާންޓު ތަކުގައި ޤާއިމްކޮށްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ