logoEN
cocacola
އަންހެނުންގެ ދުވަހުގައި ވަކި ހަދިޔާތަކެއް ދިނުން މަނާކޮށްފި

އަންހެނުންގެ ދުވަހުގައި ވަކި ހަދިޔާތަކެއް ދިނުން މަނާކޮށްފި

އައިޝަތު އިފާޝާ

logo

3/7/2022, 11:59:05 AM

# ޖެންޑާ މިނިސްޓްރީ# އަންހެނުންގެ ދުވަސް

large_148896601727AuM4

މާދަމާ ފާހަގަކުރާ ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަހުގައި ވަކި ހަދިޔާތަކެއް ނުދިނުމަށް ޖެންޑާ މިނިސްޓްރީން ސަރުކާރުގެ އޮފީސްތަކަށް އަންގައިފި އެވެ.

ގޮސިޔާ

ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޒިފްލީން ހަސަން ސޮއިކުރައްވައި ފެބްރުއަރީ މަހުގެ 27 ގައި ސަރުކާރުގެ އޮފީސްތަކަށް ފޮނުއްވި ސާކިއުލާއެއްގައި އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ބާއްވާއިރު ބައެއް ކަންކަމަށް ސަމާލުވާން ވަނީ އަންގާފައެވެ.

އޭގެތެރޭގައި މަރުހަބާ ކިޔަން ރަތް ދޫލަ އެޅުމާއި މާބޮނޑި ދިނުމާއި ފިނިފެންމާ ދިނުމާއި ޗޮކްލެޓް ދިނުމާއި ކޭކު، ބަދިގޭގައި ގެންގުޅޭ ތަކެތި (ތެލި، ތަށި، އުނދުޅި) އަދި ގޭތެރެ ސާފުކުރުމަށް ބޭނުންކުރާ ތަކެތި (މޮޕް، ފިހިގަނޑު) ފަދަ ތަކެތި ދިނުން ވަނީ މަނާކޮށްފައެވެ. މީގެ އިތުރުން ޖިންސަކަށް ނިސްބަތްވާ ކަމަށް މުޖުތަމައުގައި ގަބޫލުކުރެވޭ ކުލަތައް ބޭނުން ނުކުރުމަށް ސަމާލުކަން ދިނުމަށް ޖެންޑާ މިނިސްޓްރީން އެދެ އެވެ.

ސާކިއުލާގައި ބުނެފައި ވަނީ އަންހެނުންގެ ދުވަސް ފާހަގަކުރަން ވާނީ "ޖެންޑާ އީކުއެލިޓީ ޓުޑޭ ފޯ އަ ސަސްޓެއިނަބަލް ޓުމޯރޯ" ޝިއާރުގެ މަގްސަދު ހާސިލް ކުރެވޭނެ ގޮތަކަށް ކަމަށެވެ.

އަންހެނުނުގެ ދުވަސް ފާހަގަކުރުމަށް އޮފީސްތަކުގައި ހާއްސަ ހަދިޔާ ދިނުމަކީ އާއްމުކަމެކެވެ. ނަމަވެސް މިއީ މިފަދ ހަރަކާތްތައް ސަރުކާރުން މަނާ ކުރި ފުރަތަމަ ފަަހަރެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ